މުށްމުށުން އެން ނޫކަޔޭ ކާންދޭން މަހަށް ހިތު ލޯތްބަކުން
މުށްމުށުން ފިލި ނުގިރުވާނޭ އެންތަކަށް ކާންދޭހިތުން
ހާހަލުގެ އެން ހައިވެގެން ތިއްބަސް ނުކައި ހައިހޫނުގައި
ނާހަމޭ ކާންދޭ ހިތުން ގޮސް ފިލިޖަހާ ވާހަކަ ސަފުން
ކަނޑުކަނޑުން މަސްފުމެ ނަގާނަމަވެސް ކެވެންނެތި ހައިވެގެން
ކަނޑުކަނޑަށްގޮސް މަސްމަހަށް ނޫކާނެޔޭ އެން ދޯންޏަކުން
ފިލި ހަލަށް ގިރުވައިލަނީ އަރުވާށަ ދަލަކަށް ހަލުގެ އެން
ހިލިގެނެއް ނުދެޔޭ އެމެއް މަކަރުން ޖަހާ ފިލި ގިރުވުމުން
ވަތްފުރައި މަސް ބޭނުމަށް ބޭނުން ވުމާއެކު އެންއުކައި
ގަތްމަހެއްގެ ނަގޫ ލަޔޭ ބިންދައި ވަތަށް ހޫރައި ލުމުން
ނޭނގެޔޭ އެމަކަށް ދަށުން ލާކަން ދަލެއް ފިލިކާ ވަގުތު
އޭގެ ގެއްލުންތާ ފިތާލާފައި ބޮލަށް އުކަނީ އަތުން
ރެހިކަމަށް އުކަނީ ހިތައި ފެނުގައި ޖެހޭހިނދު ކައިލުމުން
ކެހިލިބޭ ބުޅިޔަކު ދަގަނޑު ދަތްއެޅި، ތަލީ ބުޅިއެޅުވުމުން
