Support Us

ކޮވިޑް ނަވާރަ

އިބަރަސްކަލާނގޭ ރައްބަކީ، ޢާލަމް ތަކުގެ ވެރި ރައްބަކީ
ކިބަޔަށް އަދާ ޙަމްދާ ސަނާ، އަޅަމެން ކުރާ ވެރި ރައްބަކީ

أَسْتَــــــغْــــــفِــــرُكَ وَأَتُـــوْبُ إِلَــيْـــــكَ ތަކުރާކޮށް އެދި ދެންނެވޭ
ފަސް ވަޤުތު ނާޅައި ޒިކުރުކޮށް، ކުއްތަން ވެވޭ ވެރި ރައްބަކީ

ބިރުވެރިކަމާ ނާމާންކަމާ، ހައިހޫނުގައި މަދަދަށް އެދޭ
ވިރުދާ ދުޢާ ތަސްބީޙަޔާ، ޒިކުރާ ވެވޭ ވެރި ރައްބަކީ

ގޮތް ބެއްލުވުން ބިރުވެރިކަމާ، ހައިހޫނުޖެހި މަދުވާ ގޮތަށް
އޮތްހިނދު، މުދާ، ނަފްސާ، ثَمَرُ، ހިމަނުއްވަވާ ވެރި ރައްބަކީ

ބައްޔާ، ވަބާ، އެކިއެކި ބަލާ، ރޯގާ، ތަކާ ސަބަބާއެކީ
ބައްރުގެ ދިގާ ހުރަހުން ފޮށޭ، ތަދްބީރުގައި ވެރި ރައްބަކީ

ފެތުރޭ ނުރައްކާ ބިޔަ ވަބާ، ދުރުކޮށް ނަޖާ ކޮށް ދެއްވަވައި
ފެތުރުން މަނާކޮށް ދެއްވެވުން، އެދި ދެންނެވޭ ވެރި ރައްބަކީ

ކެތްތެރިކަމާއި ނަމާދަކީ، ވާގީގެ ކަންޒަށް ވީކަމުން
ތެތްކަންމަތީ ދޫ ބާއްވަމުން، ވާތްގަށް އެދޭ ވެރި ރައްބަކީ

ތަސްބީޙަ ތަހުލީލާ ދުޢާ ބިރުވެރި ކަމާއެކު ދަންނަވައި
ކަޝްފުވި ވަބާއިން މިންޖުވުން އެދި ދެންނެވޭ ވެރި ރައްބަކީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *