Support Us

ދުނިޔެވީ މިސާލުތަކުން

ވަޔާ ލެނބުނަސް ހެދޭ ވިނަތައް، ލަކުޑި ގަސްގަސް ނުލެންބޭނޭ
ޙަޔާތުގެ ތަޖްރިބާވެރިޔާ، ބުނާ ގޮތަކަށް ނުހެއްލޭނޭ

ރުކާގަސް ހުރެ ކޮޅަށް ހެދުނަސް، އެފުރުޞަތު ވެޔޮވެލަށް ނުވިޔަސް
ރުކާއި ގަހަށް އަރައި އޮޅެމުން، ރުކަށްވުރެ ވެސް އުފުއްލޭނޭ

ހެދޭ ޅޮހު ނުލިކަމަކު އާރެއް، ވައެއް ނުޖެހޭ ތަނަކު ހެދުމުން
ހެދޭ ޅޮސް ވައިޖެހޭ ތަންތާ، ޖެހޭ ވައިގައި ނުބިންދޭނޭ

ވެހޭ ފިޠްރަތުގެ ސާފުވި ފެން، ޠަބީޢީ މީރު ފެނުގެ ގޮތުން
ވެހޭ ނަމަ މޫދަކަށް ލޮނުވީ، ވަގުތުގައި "ލޮނުފެނަށް" ވާނޭ

ޅަފަތުގައި ލަކުޑިޔަށް ނުވަނީސް، ގަހާ ގަސްގަހުގެ ގޮފިގޮތްޕާ
ޅަފަތުގައި ގޮތްގޮތަށް ލަންބައި، ނުވަތަ ސީދާ ކުރެވިދާނޭ

އަރައި ނޯންނާނެ އެއްލާ މަޑި، މަތީގައި ވައިތެރޭ ހަރުލައި
ބަރަނިރޮއްޖެއް ވިޔަސްނުޖަހައި، އެކަން ރަނގަޅަށް އެނގެންވާނޭ

ފިލާވަޅުތައް މި ދުނިޔޭގައި، ވަނީ ފުރިފައްޔެ ފައިދާހުރި
އިލާހީ ރަޙުމަތުގެ މަތިވެރި، އެއީ، ހަދިޔާ އަކަށް ވާނޭ

ބޮލާ ބުއްދީގެ ބޭނުންކޮށް، ފިކުރު ހިންގައި އުޅޭ މީހުން
ލޮލާ ގުނަވަން ތަކެއް ހުރިހައި، ނުބައި ޢަމަލާ ދުރަށްލާނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *