Support Us

ވިސްނާށެވެ!

ކަލަކު ވޮޑިގެން ވުމުގެ ހެކިތައް ފަލަކު ތަކުގައި ލިބެން ހުރެޔޭ
ގަލަން ސިފަކޮށް ނުދީ އޮތްބައި ނަލަވި އުޑުގައި ބެލެން ހުރެޔޭ

ޟިޔާއޭ އިރުގެ އަލިކަމަކީ، ހަނދުގެ އަލި ނޫރު ކަމުގައިވީ
ކިޔާ މިއުޅޭ އެބަސްފުޅުގައި، ތަފާތުގެ އަޞްލު ލެއްވެވިޔޭ

ޢަދަދުކޮށް އަހަރުތައް ބެލުމާ، ޙިސާބަށްކަން އެކަން ލެއްވީ
ޢަދަދު ޔޫނުސު ފަހެއް ވަނަވީ، އިލާހީ ބަސްފުޅުން އެނގެޔޭ

ހިލާލޭ ޢަރަބި ބަހުގައި އޮތް، އެލަފްޒޭ "ހުޅެވި" ކަމުގައިވީ
ހިލާ އެކަމެއް مُتَرُ جِمُ މެން، مُتَرُ جَمُ ގައި ބަޔާން ނުލިޔޭ

މަނާޒިލަކީ ދިވެހި ބަހުގައި، ނަކަތްކަން ސާފުވާ ނަމަވެސް
މަނާކަމަކަށް މިހާރު ނަކަތް، ބެލުންވާތީ ފަހުމު ނުވެޔޭ

ވަށައި ދުނިޔޭގެ އެއްބުރު ހަނދު، މަހަކު ޖަހަމުން އެދާ އިރުގައި
ފަށައިގެން މައްސަރެއް ދާކަން، ހުޅެވި ތަކުގައި ބަޔާން ކުރެޔޭ

ހިޔަނި ދެންމެވި ކަމުގެ އާޔަތް، ބަޔާންކޮށްދޭ ޙަޤީޤަތަކީ
ވިޔައިގައި ފެންނަ ކޭތަތަކާ ނަމާދާ އިރުގެ ދައުރު މެޔޭ

ބިމުގެ ޗާޓާ "ގުލޯބު"ގެ ރޮނގު، އިރުގެ ދައުރުން ބަލައި ހޯދޭ
އިމުންނާ އެކިބުރުޖުގައި ހުރި، ނަކަތު ޕޮޒިޝަން ބަލައި ލެވެޔޭ

ދަތުރު ފަތުރާ "ފިލާ" އެޅުމަށް، ބަލަން ތަރި ލައްވާފައިވޭ
އަތުރުކޮށް ހުރި ކަމަކު މަންޒިލް، ނުވަތަ ތަރި މަގު ބަޔާން ކުރެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *