ރިޔާސީ ވެރިކަމެއް ކުރުމަށް ނުވާނޭ ބާރުތައް އެއްވަން
ކިޔާ ލަވަޔާ ޖަހާ ބެރަށާ ނެށުމުގައި ވާނެ ފައިހަމަވަން
ބަޔާންކޮށް ސާފު ދިވެހިބަހުން ވަނީ ދުސްތޫރުގައި ލިޔެފައި
ރިޔާސީ ބާރު އޮތް ނަމަވެސް ނުވާނޭ ބާރު އެއްކޮށްލަން
ލިބޭހައި ގެއްލުމެއް އެކަމުން ލިބޭނީ ރައްޔިތުންނަށް ހަމަ
ލިބޭމަންފާ ކިތަންމެ ބޮޑަސް އެކަން އެގޮތަށް ނުވާނެ ކުރަން
އެހެން ކަންތައްވުމުން ޝަރްޢީ ނިޒާމު ވެގެންދެޔޭ ބަލިކަށި
އެހެން ކަންތައް ބަދަލުކޮށްފައި ހަޅޭކުން ކަން ނުވާނެ ފޮޅަން
އެފަަދަކަންތައް އެހެން ނުކުރަން އަތުން ޤާނޫނުގައި ލިޔެފައި
އެފަަދަ ކަންތައް އެއަށް ފަހުގައި ކުރާއިރު ވާނެޔޭ ވިސްނަން
ވެޔޭ މާޒީވެފައި މަޖިލިސް އެއީ، އަތް އުފުލެވުނު ތަނަކަށް
އެޔޭ ބޭނުން ނުވާ ގޮތަކީ، އިޢާދަ އެކަން ނުވާނެ ކުރަން
މަހަކު އައްޑިހަ އެތައް ހާހެއް މުސާރަލިބޭ ކަމުން މިހިނދަށް
ނަހަމަ އެއްވެސް ކަމެއްކުރުމަށް ނުވާނޭ އަތް މިއަދު އުފުލަން
އިމުން ސަރުކާރު ބޭރުވުމުން މަގަށް އަޅުވަން އޮތީ މަޖިލިސް
ނިމުން އެކަމަށް ގެނެސް ދިނުމަށް ޖެހޭ މަޖިލިސް އަބަދު އޮންނަން
ރިވެތި އަޚުލާޤު ހުރުމާއެކު ބަހާ ޢަމަލާ އަބުރު ގައިވެސް
ދިވެހި ރާއްޖޭގެ މުޖްތަމަޢަށް ނަމޫނާ ވާނެޔޭ ދައްކަން
