ތިރީގައި މި ވަނީ ހިނިތުންވުމާ ބެހޭ ބައެއް ބުނުންތަކެވެ.
- ބައެއް ފަހަރު އިނބަގެ ހިނިތުންވުންވުމުގެ ސބަބަކީ އިނބަ އުފާވުމެވެ. ހަމަ އެހެންމެ، އިނބަގެ އުފާވެރިކަން އިނބަގެ ހިނިތުންވުމާ ގުޅުވާލައި އެކަމުގެ ސަބަބުކަމުގައި ހަދާލާށެވެ!
- ހިނިތުންވެ ހުންނާށެވެ! ހިތާމައިގެ އާހުތަކުން ހަޔާތުގެ ވަގުތުތަށް ފުރާލުމަށް ވުރެ، ހަޔާތުގެ ވަގުތުކޮޅު މާ މަދެވެ.
- ހިނިތުންވުމަކީ މޫނު ރީތި ކޮށްލުމަށްޓަކައި ބޭނުން ކުރެވޭ އެންމެ މޮޅު މޭކަޕެވެ.
- ހިނިތުންވެލާށެވެ! ހުރިހާ ހިތެއް ވެސް ހުޅުވާލަދޭ ތަޅުދަނޑިއަކީ ހިނިތުންވުމެވެ.
- ހިނިތުވުމުގެ ބޭނުމަކީ ކޮބައިހޭ ތި އަހަނީ ހެއްޔެވެ؟ އަޑުއަހާށެވެ! އަހަރެން އެ ސުއާލުގެ ޖަވާބު ދޭނަމެވެ.
ހ. ލޯބިވެރިޔާގެ މޫނަށް ބަލާލައިފައި ހިނިތުންވެލައިފި ނަމަ، ލޯބިވެރިޔާ އުފާވެއެވެ.
ށ. އަދާވަތްތެރިޔާގެ މޫނަށް ބަލާލައި ހިނިތުން ވެލައިފި ނަމަ، އޭނާގެ ކުށެއްވާ ނަމަ، އެކަމާ މެދު ދެރަވުމުގެ އިހުސާސު އޭނާގެ ހިތުގައި އުފެދެއެވެ. އެހެން ނޫން ނަމަ، އޭނާގެ ހިތުގައި އޮތް އަދާވަތްތެރިކަން ރަހުމަތްތެރިކަމަށް ބަދަލުވުމުގެ މަގު ހުޅުވިގެންދެއެވެ.
ނ. ނުދަންނަ މީހެއްގެ މޫނަށް ބަލާލައި ހިނިތުން ވެލައިފި ނަމަ އެކަން ސަދަގާތަކަށް ވެއެވެ.
ރ. އިނބަގެ އަމިއްލަ މޫނަށް ބަލާލައި ހީނލައިފި ނަމަ، އަމިއްލަ ނަފްސަށް ހިއްވަރާއި އިތުރު ބާރު ލިބިގެން ދެއެވެ.
- ހިނިތުންވެލުމަކީ، އަކުރުތަކަކާއި ނުލައި، ބުނެވޭ ހެޔޮ ބަހެކެވެ.
- ހިނިތުންވެލުމަކީ ހިތާމަތަކާ ދިމާއަށް 'ކަލެއަށް އަހަންނެއް ބައްޔެއް ނުކުރެވޭނޭ' ބުނާ ބުނުމެކެވެ.
- ހިނިތުންވެލާށެވެ! އެހެން މީހަކަށް އިނބަގެ ހިނިތުންވުން ފެނުމުން، އެކަން، އޭނަގެ ހިތާމަތައް ފިލުވާލަދޭ ސަބަބަކަށް ވެސް ވެދާނެއެވެ.
- ހިނިތުންވެލުމަކީ ހަޔާތަށް އިތުރު ޒީނަތްތެރިކަން ގެނެސްދޭ ކަމެކެވެ.
- ހިނިތުންވެލާށެވެ! އަދި، އެއްވެސް ކަމަކާ ކަންބޮޑު ނުވާށެވެ! އިނބަގެ ހިތާމައް، އުފާތަކަކަށް މާތްﷲ ބަދަލުކޮށްދެއްވަފާނެއެވެ.
- ކޮންމެ ދުވަހަކު ހެނދުނު ލޯނގަޑު ކުރިމަތީ ހުރެގެން ހިނތުންވެލާށެވެ. އިނބަގެ ހަޔާތް، ހެޔޮ ގޮތުގައި، ބަދަލުވެގެންދާކަން ފާހަގަކުރެވޭނެއެވެ.
- ހިނިތުންވުމަކީ އެންމެ މޮޅު ބޭހެވެ. އަދި އެ ބޭސް ގަންނަން އެއްވެސް އަގެއް ދައްކާކަށް ނުޖެހެއެވެ.
- އުފާވެ ހުންނާށެވެ. ދިރިއުޅުން ވެސް ތަނަވަސްވަނީ ހިނިތުންވެ ހުރުމުންނެވެ.
- ހިނިތުންވެ ހުރުމަކީ ދެވަނަ އިރެއް ފާޅުވެފައި ހުރުން ފަދަ ކަމެކެވެ.
- ހިތްތަކަށް ދަތުރުކުރެވެން އޮންނަ އެންމެ ކުރު މަގު އޮންނަނީ ހިނިތުންވުމުގެ ތެރެއިން ލާފައެވެ.
- ބައްދަލުވުމެއް ހިނިތުންވުމަކުން ފެށުން ރީތިވެގެން ވެއެވެ. އަދި، ބައްދަލުވުމުގެ ފެށުމުގެ ހިނިތުންވުމަށް ވުރެ ވެސް ރީތީ ބައްދަލުވުން ނިންމާލަމުން އެވާ ހިނިތުންވުމެވެ.
- ހިނިތުންވުން ގަނޑުފެންގަނޑުތައް ވިރުވާލައެވެ. ހިތަށްހަމަޖެހުން ގެނެސްދެއެވެ. އަދި ހިތުގެ ޒަޚަމްތައް ފަސޭހެކޮށްދެއެވެ. ހިނިތުންވުމަކީ އިންސާނީ ޚާލިސް ގުޅުންތައް އޭގެ މަތީ ބިނާކުރާ ބިންގަލެވެ.
- ހިތާމަކުރުމަކުން ހަގީގަތް ބަދަލުވެގެން ނުދެއެވެ. ނަމަވެސް، ހިނިތުންވެލުމުން އާ ހަގީގަތެއް ފެށުމުގެ ފުރުސަތު ލިބެއެވެ.
- އިނބަގެ ހަޔާތުގެ މަގު، ކަނޑިއަކުން ކަނޑައި ކޮށުމަށް ވުރެ، ހިނިތުންވުމުން ކޮށުން މޮޅު އިތުރުވެގެން ވެއެވެ.
- ހަޔާތުގެ ރީތިކަން ފެނި، އެކަން ތަޖުރިބާ ކުރެވެނީ ތެދުވެރި ހިނިތުންވުމާއި ހެޔޮ ބަސްބަހުގެ ތެރެއިންނެވެ.