Support Us

އިޤްތިޞާދީ ޙާލަތު ނުބައިވާތީ ޔޫރަޕްގެ އިއްތިޙާދުގެ ރައްޔިތުން މުޒާހަރާތައް ފަށައިފި

ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ އިޤްތިޞާދީ ޙާލަތު ނުބައިވަމުންދާތީ އިޙްތިޖާޖުގެ މުޒާހަތާތަކެއް ފަރަންސޭސިވިލާތާއި ޖަރްމަނުވިލާތުގައި މިއަދު ފަށައިފިއެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ޒަޢާމަތުގައި ނަގާކިޔާ މި ދެ ޤައުމުގެ ރައްޔިތުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް މި މުޒާހަރާތަކުގައި ގޮވައިލިއެވެ. އެމީހުން ބުނާގޮތުގައި އެ ޤައުމުތަކުގައި ލާދަ މައްޗަށް ގޮސް ކާބޯތަކެތީގެ އަގު ބޮޑުވެ ގޭހަށް ޖެހުމުގެ ސަބަބަކީ ރަޝިޔާއާ ދެކޮޅަށް އެ ޤައުމުތަކުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރަޝިޔާއިން އެޅި ރައްދު ފިޔަވަޅުތަކެވެ.

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިއަދު ފެށި މުޒާހަރާތަކުގެ ނަމަކީ "ޕޭޓްރިއޭޓް" އެވެ. މިއީ ރެސިސްޓެންޓް ޙަރަކާތުން ބާއްވަން ރޭވި ސިލްސިލާ މުޒާހަރާތަކުގެ ފެށުމެއް ކަމަށް ޚަބަރު ފަތުރާ އޭޖެންސީތަކުން ބުނެއެވެ.މި މުޒާހަރާގައި މި ޙަރަކާތުގެ ބައިވެރީން ސަރުކާރު އިސްތިޢުފާ ދިނުމަށާއި ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި ޔުކްރޭނަށް އެހީވުން ހުއްޓައިލުމަށް ގޮވައިލިއެވެ. މި މުޒާހަރާތަކުގެ ބައިވެރީން ރައީސް މެކަރޯނަށް ނޭޓޯއިންނާއި ޔޫރަޕްގެ އިއްތިޙާދުން ފަރަންސޭސިވިލާތް ބޭރަށް ލުމަށް ވެސް ގޮވައިލިއެވެ.

މި ޖަމާޢަތުގެ އިތުރަށް ޕެރިހުގައި ތަފާތު ތިން ހިސާބެއްގައި "ރީނދޫ ޖެކެޓް" ޙަރަކާތުން ވެސް މުޒާހަރާތަކެއް ބޭއްވިއެވެ. މި ޙަރަކާތުން ވެސް މި މުޒާހަރާތައް ބޭއްވީ ދިރިއުޅުމުގެ ޙާލަތު ދަތިވެ މަޢީޝަތުގެ ބުރަތައް އިތުރުވަމުންދާތީއެވެ.

ފަރަންސޭސި ވިލާތުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ބޭއްވެމުންދާ ވަގުތުގައި ޔޫރަޕްގެ އިއްތިޙާދުގެ އެންމެ ބޮޑު ޤައުމު ކަމުގައިވާ ޖަރްމަންވިލާތުގައި ވެސް ޢާންމު ރައްޔިތުން ވަނީ އިޙްތިޖާޖުތަކެއް މިއަދު ފަށައިފައެވެ. އެއީ އެއްޗެހީގެ އަގު ބޮޑުވުމާއި ރައްޔިތުންނަށް ފަހިވެފައިވާ ގަތުމުގެ ބާރު ކުޑަވުމާއި ލާދަ މައްޗަށް ދިޔުމާއި ޤައުމުގެ އިޤްތިސާދު ކަސާދަވަމުންދާތީއެވެ.

މި އިޙްތިޖާޖުތަކާ ކުރިމަތިލުމަށް ޓަކައި ޢާންމު ރައްޔިތުންނަށާއި ކުންފުނިތަކަށް އެހީވުމުގެ ގޮތުން އިޤްތިޞާދީ ޕާރުސަލެއް ބޮން އިން ވަނީ އިޢުލާނުކޮށްފައެވެ. އަގުތައް މައްޗަށް ދިޔުމާއި ލާދަ މައްޗަށް ދިޔުމާ ކުރިމަތިލުމަށް ޓަކައި ބޮން އިން ތައްޔާރުކުރި އިޤްތިޞާދީ މި ޕާރުސަލްގެ އަގަކީ 65 ބިލިއަން ޔޫރޯއެވެ.

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔުކްރޭނަށް އެހީވުމަށާއި ރަޝިޔާއަށް ދަތިކުރުމަށް ޓަކައި އެމެރިކާއާއި ޔޫރަޕުން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ މަޢީޝަތު ވަނީ ވަރަށް ނާޒުކު ޙާލަތަކަށް ވެއްޓިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *