Support Us

ބަޔޮލޮޖިކަލް ހަތިޔާރު މަނާކުރާ މެންބަރުންގެ ކުއްލި ބައްދަލުވުމަކަށް ރަޝިޔާ ގޮވައިލައިފި

ޙަޔަވީ ހަތިޔާރު (ބަޔޮލޮޖިކަލް އާރމް) މަނާކުރާ ޖެނީވާ މުޢާހަދާގެ މެންބަރުންގެ ކުއްލި ބައްދަލުވުމަކަށް ރަޝިޔާއިން ގޮވައިލައިފިއެވެ. ރަޝިޔާއިން މި ބައްދަލުވުމަށް ގޮވައިލީ އެމެރިކާއާއި ޔުކްރޭނުން މި މުޢާހަދާއަށް އިޙްތިރާމު ކުރަމުން ނުދާތީއެވެ.

ޙަޔަވީ ހަތިޔާރާއި ކީމާވީ ހަތިޔާރާއި ރޭޑިއޯލޮޖިކަލް ހަތިޔާރުން ޙިމާޔަތްވުމާ ބެހޭ ރަޝިޔާގެ ބާރުތަކުގެ ވެރިޔާ އީގޯރު ކިރިލޯވް ހާމަކުރައްވާ ގޮތުގައި މި ހަފުތާގައި ރަޝިޔާގެ އިސްނެގުމުގެ މަތިން ބައްދަލުވުމެއް ބޭއްވޭނެއެވެ. އެމެރިކާއާއި ޔުކްރޭނުން ޖެނީވާ އެއްބަސްވުމުގެ ފުރަތަމަ މާއްދާއާއި ހަތަރުވަނަ މާއްދާއާ ޚިލާފުވެފައިވާ ކަން ބަޔާންކޮށްދޭ ދަލީލުތަކާއި ހެކި މި ބައްދަލުވުމަށް ރަޝިޔާއިން ހުށައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ބައިނަލްއަޤްވާމީ މުޖްތަޢަށާއި މި މުޢާހަދާގައި ސޮއިކޮށްފައިވާ ޤައުމުތަކަށް ގޮވައިލެއްވިގޮވައިލެއްވުމުގައި ޙަޔަވީ ގޮތުން ވަރަށް ބޮޑެތި ނުރައްކާތެރި ކަންތައްތަކެއް ހިނގައިފާނެ ޢަމަލުތަކެއް މި ދެ ޤައުމުން ރަޝިޔާގެ ސަރަޙައްދު ކައިރީގައި ހިންގަމުންދާ ކަމަށް ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނުގައި އެމެރިކާއިން ޤާއިމުކޮށްފައިވާ ފަންސާހަކަށް ޙަޔަވީ ލެބް އެބަ ހުއްޓެވެ. މި ލެބްތައް ދަނީ ޒަމާނީ ކުރެވެމުންނެވެ. މި ލެބްތައް ހިންގައި ބަލަހައްޓަނީ ޕެންޓަގަނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިރިކޯވް ހާމަކުރެއްވި ގޮތުގައި ޗައިނާގެ ޚާރިޖިއްޔާގެ ރިޕޯޓެއް ބުނާގޮތުގައި ދުނިޔޭގެ 30 ޤައުމެއްގައި އެމެރިކާގެ ޙަޔަވީ 336 ލެބް އެބަ ހުއްޓެވެ.

މި ލެބްތަކުގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން ގައިންގަޔަށް އަރާ އެތައް އައު ބަލިތަކެއް ވަނީ އުފެދިފައެވެ.

ރަޝިޔާގެ މި މަސްއޫލު ވެރިޔާ ކަށަވަރުކޮށްދެއްވި ގޮތުގައި ރަޝިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި 2010 އިނން ފެށިގެން ޔުކްރޭނުގައި ކޮންގޯ ހުމާއި ހުޅަނގު ނީލު ހުމާއި އެފްރިކާ އޫރު ރޯގާ ވަނީ އިތުރުވެފައެވެ. މިއިން އެނގެނީ އެ ލެބްތަކުގައި ޤަވާޢިދާ ޚިލާފަށް ޙަޔަވީ މިފަދަ ރޯގާތަކާއި ހުންތަކުގެ ޖަރާސީމާއި ވައިރަސްތައް އުފައްދަމުންދާ ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *