Support Us

މޫމޫގެ ފިހާރައެއް ހުޅުވައިފި

ތުއްތު ކުދިންނަށް ކުޅޭ ސާމާނާއި އެހެނިހެން ބައެއް ސާމާނު އޮންލައިންކޮށް ވިއްކުމުގައި މަޝްހޫރު މޫމޫގެ ފިހާރައެއް އިއްޔެ ހަވީރު ހުޅުވައިފި އެވެ.

ޗާންދަނީ މަގު ރެޑްބީ ކުރިމަތީ އޮންނަ ގުމްރީ ގޯޅިީގައި މި ފިހާރަ ހުޅުވާފައިވަނީ ރޯބޯމޭންގެ ހަރަކާތްތަކާއި ގިނަ އަދަދެއްގެ ކުޑަކުދިންގެ ބައިވެރިވުމާ އެކު އެވެ.

ރޯބޯ މޭންގެ ހަރަކާތްތައް ބަލާލުމަށް އެވަގުތު އެ ސަރަހައްދަށް ޒިޔާރަތްކުރިި ކުދިންނަށް މޫމޫ އިން ވަނީ ހަދިޔާ ބަހައިފަ އެވެ.

ގިނަ ބައެއްގެ އިތުބާރު ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ހޯދައިފައިވާ "މޫމޫ" އިން ކުރިއެކޭ އެއްގޮތަށް ޑެލިވަރީގެ ޚިދުމަތްވެސް ދެމުން ދާނެ އެވެ. މޫމޫ އިން އޮންލައިންކޮށް އޯޑާ ކުރުމުން ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ. މޫމޫ ވިއްކާ ސާމާނާއި އަލަށް ތަޢާރަފް ކުރާ ސާމާނު އަދި އޮފާތައް އިންސްޓަގްރާމާއި ފޭސްބުކް އައިޑީ @moomoomv އިން ފެންނާނެ އެވެ.

މޫމޫ އިން މީގެ ކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ޑެލިވަރކޮށްދެމުން އައިސްފައިވާއިރު އެ ފިހާރައިގެ ކަސްޓަމަރުންނަށް މޫމޫގެ ޚިދްމަތް ހޯދުމަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.

އެ ފިހާރައިން ކުޑަކުދިންގެ މަޝްހޫރު ބްރޭންޑް ތަކުގެ އެކި ވައްތަރުގެ ހެދުމާއި، ސެންޑްލްސް އާއި، ބޫޓު ފަދަ ތަކެތި ލިބެން ހުރެއެވެ. އަދި މީގެ އިތުރުން، އެ ކުދިން ބޭނުންކުރާ އެކްސެސަރީޒްއާއި، ކުޑަކުދިންގެ ތައުލީމީ އަދި މުނިފޫހިފިލުވުމަށް ބޭނުންކުރާ ކުޅޭ ސާމާނުގެ ގިނަ ވައްތަރުތަކެއްގެ ސާމާނު ލިބެން ހުރެއެވެ.

"މީ ކުޑަކުދިންގެ ޓޯއީސް އެއްޗެހި ލިބެން ހުންނަ ޝޮޕްއެއް، ނޫހީމެން ލައިކްވާނެ ވަރަށް ބައިވަރު ޓޯއީސް ލިބެން ހުންނާނެ، އަދި މަންމަމެން ލައިކްވާ އެއްޗެސްވެސް ހުންނާނެ" މޫމޫގެ މެނޭޖަރ ނޫޙް އިބްރާހިމް އަޝްވާޤު ބުންޏެވެ.

"މޫމޫ" ބުރޭންޑުގެ ދަށުން ކުޑަކުދިން ޝައުގުވެރިވާ އިތުރު ސާމާނު ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ މާކެޓަށް ތަޢާރަފް ކުރާނެ ކަމަށް އެފަރާތުން ބުނެއެވެ.