Support Us

ބޯޓެއް އުރި ސުވޭސް ކެނެލް އަނެއްކާ ވެސް ބަންދުވެއްޖެ

ރޭގެ ދަންވަރުގެ ވަގުތެއްގައި ބިޔަ ބޯޓެއް އުރި ސުވޭސް ކެނެލް އަނެއްކާ ވެސް ބަންދުވެއްޖެއެވެ.

ޚަބަރުފަތުރާ މިޞްރުގެ އޭޖެންސީތައް ބުނާގޮތުގައި މިއީ ސިންގަޕޫރުގެ ދިދަ ނަގައިގެން ދަތުރު ކުރާ 250 މީޓަރުގެ ދިގު ތެޔޮ ބޯޓެކެވެ. ޕެނަމާގެ އެވަރ ގިވެން ގޮތަށް މި ބޯޓު ވެސް އުރުނީ ކެނެލްގެ ހުރަހަށެވެ. މި ބޯޓު އުރުމުގެ ސަބަބުން ކެނެލްގެ ދަތުރުތައް މިހާރު ވަނީ މުޅިން ހުއްޓުމަކަށް  އައިސްފައެވެ. މި ބޯޓު އުރިފައިވަނީ ޝަހީދު އަޙްމަދު ޙަމްދީގެ ބިންގަރާސް ސަރަޙައްދު ކައިރިއަށް ކަމަށް މިޞްރުން ބުނެއެވެ.

ސުވޭސް ކެނެލް ކުންފުނީގެ ތަރްޖަމާނު ޖޯރޖް ޞަފްވަތު ވިދާޅުވާ ގޮތުގައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޕެނަމާގެ ދިދަ ނަގައިގެން ދަތުރު ކުރި އެވަރ ގިވެން ބޯޓު ސުވޭސް ކެނެލަށް މިދިޔަ އަހަރުގެ މާރިޗު މަހުގެ 23 ވަނަ ދުވަހު އުރުމުގެ ސަބަބުން ކެނެލްގެ ދަތުރުތައް ހަ ދުވަހުގެ މުއްދަތަކަށް ހުއްޓިގެން ދިޔައެވެ.

ސުވޭސް ކެނެލަކީ އިސްތިރާތީޖީ ފެނުގެ މަގެކެވެ. ދުނިޔޭގެ ވިޔަފާރީގެ 12% ނަޤްލު ކުރެވެނީ މި މަގުން ލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *