Support Us

ޑިމޮކްރަސީންވީ މޮޅެއް ނޫނެވެ. ހަލާކެވެ!

ދިމުޤްރާތީގެ ސަބަބުންނެއް ދިވެހިގައުމަށް މޮޅެއްނުވިޔޭ
އިމުން ޚުލްޤާ ރިވެތިގޮތްތައް ފިލައިގެންގޮސް ފަސާދަވިޔޭ

ޒަމާނުއްސުރެ އެ ޚުދުމުޚުތާރު ވެރިކަން އޮތްކަމުން ތަނުގައި
އަމާންކަންއޮވެ އުޞޫލުތަކުން ރިވެތިކޮށް ގައުމު ކުރިއަރަޔޭ

ނުހަނު ފާގަތިކަމާއެކުގައި ދިވެހި ރައްރަށުގެ އަހުލުވެރިން
އުހައިވެރިކަންމަތީ ދިރިއުޅެ މަހުން ކައިބޮއި ހަދައި އުޅެޔޭ

ރުކާ ގަސްގަހުގެ ކާނާޔާ ދަނޑުން ފަލަމަޑި ނަގައިކައިގެން
އުކާބާކީ ތަކެއްނެތި ހެޔޮ މަގުން ކައިބޮއި ހަދައި އުޅެޔޭ

ވެރިންނަށް އިޙްތިރާމް ކޮަށްގެން އަމުރުތައް އަޑުއަހައިރުހިގެން
އެރިންވާ ބައި ނަގައިގެން ރުއްގަހަށް މީހުން އަރައި ހެދިޔޭ

ސުލައިމާނާއި އުންބެސަލީމަކުން މުޅި ގައުމު ރަމަތަ ވެޔޭ
ކުލައިގައިތިބި ވެރީން ނެތުމުން ދެކޮޅުވެރި އެކަކުވެސް ނުވެޔޭ

ސިފައިން ފުލުހުންނުގޮސް ރަށްރަށް ކަތީބުންނަށް ވެޔޭކިޔަމަން
މިފަދަ ގައުމެއް ދިމުޤްރާތީ ގެނެސްގެން ތަން ފަސަދަވިޔޭ

ދެބަޔަކަށް ބައިބެހެވި ތިބެގެން އަބަދު މަގުތައްމަތީ ތޮޅުމުން
އެބަދަލުން ގައުމު ބައިބައިވެވި ޢަދާވަތްތެރިވެ ނިމުނީޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *