ރާގު: ފިނިފެންމަލުގެ އެ ތަންމަތީ
މަރިޔާދުކަން ހިތަށް ލިބޭ ފިނިފެންމަލޭ ޙަޔާތަކީ
ފަރިޔާދުގައި ހަނާ އެޅޭ ކުރުނީހެ އޭގެ ހެތްކަކީ
ރިހުމާ ތަދާ ހިތަށް ދެމުން ލޭގައި ހިނގާ ޝުޢޫރެކޭ
ސިހުރެއްގެ ޒާތުގައި ލިބޭ "އަލަމެއް"ގެ ހޫނު ވޭނަކީ
ޔަމްލައުވެ ހިތް ފުރާދެމުން ދިޔަ ރޭތަކާ ހަނދާންތަކޭ
ހަމްދަރްދުގައި ލޮލުން އޮހޭ ކަރުނައިގެ ސާފު ތިކިތަކީ
ރަޙުމާއެކީ އިޢާދަވުން އަހުރެން އެދޭނެ ލައްޒަތޭ
މަޚުމަލުގެ މަޑުކަމާއެކީ ލިބިފައިވި ލޯބި ދާނަކީ
ޝީލްޑެއް ރަނުންހަދައި ރިހީން، ބިންވަޅުނަގައި ލިޔާނަމޭ
ފިލްމެއް ކުޅޭން ފުދޭނެހެން ފޮރުވޭ އެއީ، ހަނދާނަކީ
ދާހިތްވެޔޭ އަދާ ކުރަން ޚިދުމަތް އަލުން ތި މާފުޅަށް
ވާނަން ފުރާނަޔާ ލެއިން ޤުރުބާން އެއީއެ ޢަޒްމަކީ
ގެތިގެންވި ރީތި ފިޔަތަކުން ކަރުގަނޑު ކުރާ ޙިމާޔަތުން
ނެތިގެން ނުގޮސް މަލުން ލިބޭ ފޮނިފޮދު އެޔޭ ޝަރާބަކީ
ލޯކައި ތެރޭ ނުވޭ މިވަރު ފަރި ރީތި ރީތި މާފުޅެއް
ފޯކަސް ކުރެވުނު ލައްޒަތޭ ވަސްމީރު މަލުގެ ރަހަޔަކީ
ބިންވަޅު ހިތާ ފިތުން ވެޔޭ ނެގިފައި ބަހާރު މޫސުމެއް
ހިންދިރުވިޔަސް އަރުން އެރަހަ ލައިލައި ހުރުން ދުޢާޔަކީ
