މިނިވަންކަމީ ކަމަކަށްކިޔާ ނަމެކޭ އެކަން މޭރުންނުވާ
ފިނިކަން ހިތަށް ލިބިދޭކަމެއް ހިނިތުންވުމެއް އެކަމުންނުވާ
މިނިވަންވިޔަސް ބާރެއްދަށުން ބޭރުގެ ނުފޫޒާ ވަކިވެފާ
ގިނިހޫނުކަން ކުޑަވެސް ހިހޫ އެތެރޭން އެ ގައުމެއްގައިނުވާ
ފިތިފައި ތަނެެެއްގައި ރައްޔިތުން ތިބިނަމަ ނުވޭ މިނިވަންކަމެއް
ހިތިރަހަ އަރުންލާ ޙާލުގައި ނަފްސެއް އަމާންކަމުގައިނުވާ
އަތުލެވި ޓެކުސް ފަރުދުންއަތުން މަސްބައި އިހަށްނެގި ބީދައިން
ކަތުނަށްލުޔެއް ދިރިއުޅުމުގައި އެކަމަކު އެތާ ލިބިގެންނުވާ
އިންސާފު ހޯދާ ކޯޓުތައް އިޖްރާޢަތުން ދޮރު ތަންޑުއެޅި
ތިންބާރު އޮތްނަމަވެސް ތަނަކު ފަނޑިޔާރުނަށް ބާރެއްނުވާ
މިނިވަންކަމީ ކަމެކޭ ނިކަން ހަނި ދާއިރާއެއް އެކުލެވޭ
މިނިވަންކަމީ ކަންކަމު ތެރޭން ކަންތައްތަކޭ އަދަބެއްނުވާ
އަޅުވެތިވެފައި ނުވިޔަސް ބައެއް އަތްދަށުވެފައި ބޭރުން އަރާ
އަޅުވެތިވިނަމަ ވެރިކަމުގެ ދަށު އަޅުވެތި އެވީ މޭރުންނުވާ
