Support Us

ޅަދަރިމައިން ކަންނެތޭ؟ އަސްލުތަ؟

ވިހައިގެން ނުވަތަ ސިޒޭރިއަން ހަދައިގެން ދުވަސްކޮޅެއްވެސް ނުވާނެއެވެ. ތުއްތު ދަރިފުޅުގެ މަންމަގެ ކަންނެތް ވާހަކަ ދެކެވެން ފަށައެވެ.

ތެދެކެވެ. ރޭގަނޑު ހަތަރުދަމު ހޭލާ ދަރިފުޅު މަސަލަސްކުރަން އުޅެފައި ދަރިފުޅު ނިދިޖެހޭ ވަގުތު ނިދާލައިފިނަމަ އެވީ ކަންނެތެވެ.

ދޮށީ ދަރިފުޅު ފެންނުވެރި ދިހައެއް ޖަހާލަންދެން ހުއްޓަސް ދެވަނަ ދަރިފުޅު ވިހޭ ފަހުން ތަންމަތިން ތެދުވެ ދަރިންނާ އަޅާލެވޭ ކަމަކަށް ނުހަދައޭ ބުނާނެއެވެ.

ކެއްކުމާއި ގޭތެރެ ސާފުކުރުމުގެ މަސައްކަތް ފަށާ ވަގުތު ދަރިފުޅު ރޯތީވެ މަސަލަސްކޮށް ނިންދަވަން ހޭދަވާ ވަގުތު ދިގުވެ މަސައްކަތް ނުނިމި ހުރިނަމަވެސް އެ ޓެގު އަޅުވައެވެ.

ކަންނެތޭ ކިޔާ ޅަދަރިމައިންނަށް ބަދުބަސް ބުނުމުގެ ކުރިން ވިސްނާލާށެވެ. ދަރިންގެ ފުރަތަމަ ހަ މަސް މަންމައަކަށް ވަރަށް އުނދަގުލެވެ. ނިދުމާއި ކެއުމާއި ބުއިމާއި މަސައްކަތްތައް ރާވަންޖެހެނީ ތުއްތު ފުރާނައިގެ ޝެޑިއުލާ އެއްގޮތަށެވެ. ރޯން ދޫކޮށްލާފައި ގޮސް ގޭތެރެ ސާފުކޮށް ކެއްކޭނެހެއްޔެވެ؟ ސައުވީސް ގަޑިއިރު ނުނިދާ ހުރެ ދަރިފުޅު ބެލޭނެހެއްޔެވެ؟

ދެރައީ ދިރިއުޅުމުގައި އެތައް ތަޖުރިބާއަކުން ފާސްވެފައިވާ މީހުންވެސް އެ ވާހަކަ ދައްކާތީއެވެ. ކަންކަން ނުކުރެވި ހުރި ވާހަކަ ދެއްކުމުގެ ކުރިން ނުކުރެވެން ދިމާވި ސަބަބު ވިސްނާލާށެވެ.

އިރެއްގައި މައިންނަށް ދެތިން ދަރިން ފަސްބަޔަށް ލައިގެން ކުނިކަހާ ކައްކާ ހެދުނަސް މިހާރުގެ ތުއްތު ދަރިފުޅު ގޮވައިގެން އެ ކަންކަން ނުވާނެކަން ދަންނަން ޖެހޭނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއެކު އެއް އަހަރުގެ ތުއްތު ދަރިފުޅުގެ އުޅުމާއި ވިސްނުން އޭރާއި މިހާރާ ތަފާތުކަން ދަންނާށެވެ.

ބަދުބަސްތަކާއި ފާޑުކިޔުމާއި ޓެގު އެޅުވުމުގެ ކުރިން ހާލަތު ވަޒަންކޮށްލާށެވެ.

މިހެން ބުނި ނަމަވެސް ސާފުތާހިރުކޮށް ކަންކަން ކުރުމަކީ ކޮންމެ މަޔަކަށްވެސް ކުރެވޭނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިވާޙަކަތަކަކީ އެއްވެސް އޮއްޓަރު ހުރި ވަާހަކަތަކެއްނޫން ހަމަ މިހާރު އަންހެންކުދިން ކަންނެތީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *