އެންމެ ސާފު ހިތުން ތިބާރެންނަށް، ގަތައިގެން މާމަލުން
ދަންނަވަން އަޟުޙާ މި ޢީދުގެ، ތަހުނިޔާ އަދު ޅެންބަހުން.
ދެންމެ އިއްވައިދެއްވި ޚުޠުބާއިން، އެދެއްވި މެސެޖުތަކުން
ދޮންވެ ފައްކާވުންއަދައި، އުންމަތުގެ ވަޙުދަތު ލޯތްބަކުން.
ފުން ހިތާމަތަކުން މިލައި، ބިކަ ޙާލުގައިވީ މުސްލިމުން
ވުން އަދައި ހެޔޮރަޙުމަތުން، އެއުރެންގެވީ ކެކުޅުންތަކުން.
ދިވެހި ރާއްޖެ އަދަށްވުރެން، ފާގަތިކަމާ ތަނަވަސްކަމުން
ރިވެތި ދިރިއުޅުމެއް އުޅޭ، މާދަމައަކަށް އެދި ފަށްފަށުން.
ކާބަފައިންގެ ސަޤާފަތާ ކުޅިވަރު ތަކުން އުފަލުން ހެމުން
އާދަކާދަ ދިރާހަ ދިވެހިއްޔަތުގެ، ރޫޙަށް އެދި އަލުން.
