އިހުމާލަކުން ނޫނީ ދަރީން ކަސިޔާރު މަގަކުން ދާނެތޯ؟
ރިހުމާ ތަދާ ލިބި މައިންބަފައިން އެ ހިތާމައިން ނިމިދާނެތޯ؟
ވަކަކާއި ޖެހިގެން އަހިވަކެއް ފާވޭ ބުނާ މޮޅު ހަރުބަހަށް
ސަކަވިސްނުމެއް ނެތި ވިސްނުމުން ލޮބުވެތި ދަރީން ގެއްލޭނެތޯ؟
ފިޠްރަތުގެ ސާފުވި މީރުފެން މޫދަށް ވެހޭނަމަ ލޮނުވެޔޭ
އިތުރަށް ބަހުސް ކުރިޔަސް ހެވޭ ވެއްޓާ ތަފާތު ވެވޭނެތޯ؟
ޒިންމާ ތަކަށް ލޯތައްމަރައި ރެކިގެން ތިބޭން ހެޔޮ ވާނެތޯ؟
ވިންދާ ހިތާ ގައުމުގެ ނުގުޅި އަމަށުން އަބަދު އޮވެދާނެތޯ؟
އިސްމީހުނަށްވާން މާދަމާ ތިބިހައި ދަރީން ފާސިދުވި ނަމަ
މިޞްރާބު އުޅަނދުގެ ގެއްލިގެން ފަރަަކަށް އަރައި ނޫރޭނެތޯ؟
އިސްލާންވެގެން އެންމެން ތިބޭ ގައުމެއްގެ ލޮބުވެތިވީ ދަރީން
މިޞްރާބު ދާނަމަ ގެއްލިގެން އިޞްލާޙުކޮށް ނެހެދޭނެތޯ؟
ކަންކަންވަމުން ދާގޮތް ބަލައި ވަކި މީހަކާ ކުށް މަތިނުކޮށް
އަންނާން ފަހަށް އޮތް ޖީލުތައް ސީދާކުރާނީ ކާކުތޯ؟
