މަޝްހޫރު ވިޔަފާރި ކުންފުނި އާރުސީސީގެ ފަރާތުން ހުޅުމާލޭގައި ބިނާކުރި މިސްކިތް އަންނަ ހޮނިހިރުގައި ހުޅުވަން ހަމަޖެހިފައިވާ ކަމުގައި ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ން ބުނެފިއެވެ.
އެޗް.ޑީ.ސީން ބުނީ ހުޅުމާލެ ފުރަތަމަ ފޭސްގައި ބިނާކޮށްފައިވާ 1،200 މީހުންގެ ޖާގައިގެ "މަސްޖިދު ރަޝީދު" ޖުލައި ދެ ވަނަ ދުވަހުގެ ރޭ އިޝާ ނަމާދަށް ހުޅުވުމުން، ވަގުތީ މިސްކިތެއްގެ ގޮތުގައި އެ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ "މަސްޖިދުލް ފިތުޔާ"ގައި ނަމާދު ކުރުން ހުއްޓާލާނެ ކަމަށެވެ.
"މަސްޖިދުލް ފިތުޔާގައި ނަމާދުކުރުން ހުއްޓާލަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނިންމާފައިވަނީ، އަލަށް ހުޅުވިގެންދާ މިސްކިތަކީ 1،200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތަކަށްވެފައި، ކައިރިކައިރީގައި އެ ދެ މިސްކިތް ހުރުމުންނެވެ." އެޗް.ޑީ.ސީން ބުނެއެވެ.



advertisment