އިންސާނާ އުޅެމުން މިދާ ދުނިޔެއަކީ ތަފާތު ކަންކަމާ ކުރިމަތިލާންޖެހި، ނަފުސަށް ތަފާތު އިޙްސާސްތަކެއް ތަޙައްމަލުކުރަމުންދާ ދުނިޔެއެކެވެ. އެ ގޮތުން ކަންބޮޑުވުމާއި ހާސްކަމާއި ހިތާމަތައް ސިކުނޑިއަށާއި ޖިސްމަށް ކުރުވަތެވެ. ވުމާއެކު މި ކަންކަމުން އަރައިގަތުމަށް އެ އިންސާނާ އަބަދުވެސް ބޭނުންވާނެތެވެ.
މި ކަންކަން އިންސާނިއްޔަތުގެ މެދުގައި އޮންނާނެކަން ކާއިނާތުގެ ވެރި ރައްބު ދެނެވޮޑިގެންވުމާއެކު އެ އިލާހު ވަނީ އެ ކަންކަމުން އަރައިގަންނާނެ މަގުތައްވެސް އެ އިންސާނާއަށް ދައްކަވައި ދެއްވައިފައެވެ. މި ގޮތުން ޝިފާއެއް ގޮތުގައި ޤުރުއާން ބާވައިލައްވައި ޖިސްމަށް ހަމަޖެހުމެއް ކަމުގައި ނަމާދުކުރުން (ހަރަކާތްތަކެއް) ލައްވާފައިވެއެވެ. ޤަވާއިދުން މި ކަންކަމުގެ ތެރޭގައި އުޅޭ މީހަކަށް މި ކަންކަމުން ސިކުނޑިއަށާއި ޖިސްމަށް ކުރާ ފައިދާ އެނގޭނެއެވެ. މިއީ އިލާހީ ދީނަކަށް ތަބާވާ މީހުންގެ ފަރުވާއެވެ.
އިލާހީ ދީނަކަށް ތަބާނުވާ ފަރާތްތަކުންވެސް މި މަގުން އެމީހުންގެ ސިކުނޑިތަކާއި ޖިސްމަށް ފަސޭހަކަން ގެންނާނެ ގޮތްތައް ހޯދާނެ ނޫންތޯއެވެ؟ އެގޮތުން މިއަދު މަޝްހޫރުވެފައި މިވާ ޔޯގާ އަކީ އެގޮތުން ބައެއްގެ މެދުގައި އުފެދުނު އެއްޗެކެވެ. އެކަން ފެށިފައި އޮތީ ޝިވާ ނަމަކަށް ކިޔާ މީހެއްގެ ފަރާތުންނެވެ. އެއީ މިއަދު ހިންދުސްތާނުގައި ކަލާނގެއެއްގެ ދަރަޖަ ދީފައިވާ ފަރާތެކެވެ.
އެކަން ފެށިފައި އޮތީ މި ދެންނެވި ފަދައިން ރޫޙާނިއްޔަތަށް ފަރުވާއެއް ހޯދުމުގެ ބޭނުމުގައި ދީނީ އަސާސްއެއްގެ ގޮތުގައެވެ. އަދި އިރަކީ އެއީ މައިގަނޑު ރަމްޒެއް ގޮތުގައި ދެކި ކުއްތަންވުމުގެ ގޮތުން، ސިކުނޑިއާއި ހަށިގަނޑު އެ އެއްޗަކަށް (ތަފާތު ގިނަ ހަރަކާތްތަކުން) ބައްޓަން (ފޯކަސް) ކުރެތެވެ. އަޅުގަނޑުމެން ނަމާދުގައި ވަކި ފަރާތަކަށް މުޅި މީހާގެ ސިކުނޑިއާއި ޖިސްމު ހުރިހާ ހިޔާލުތަކުން އެއްކިބާކޮށް ބައްޓަންކުރާ ބީދައިންނެވެ.
އެހެންކަމުން އިރު އަރާ ވަގުތަކީ، އާންމުކޮށް (ހެނދުނު ވަގުތު) މިފަދަ ފަރާތްތައް ޖަމާވާ ވަގުތެކެވެ. އަދި މީގެ އިތުރުން މިކަމަކީ ހިންދޫ ދީނުގެ ރަސްމީ ފޮތް ކަމުގައިވާ ބަގުވަތުޤީތާ/ ވޭދާސް ފަދަ ފޮތްތަކުން ނަކަލު ކުރެވިފައިވާ އެއްޗެކެވެ.
މި ޒަމާނުގައި ޔޯގާ މަޝްހޫރުކޮށްފައި މިވަނީ، ދީނަކަށް ނިސްބަތްނުކޮށް އެހެނަސް ސަޤާފަތެއްގެ ގޮތުގައި އެ ބައެއްގެ އާދަކާދަތައް އެހެނިހެން މުޖުތަމަޢުތަކުގެ ތެރޭގައި އަހުލުވެރިކުރުވުމަށެވެ. ފިކުރީގޮތުންނެވެ. މިއަދުވެސް މި ކަންކަން ފެތުރުމުގައި އެންމެ މުގުލުގައި ތިބީ މި ދެންނެވި ހިންދޫ/ބުދިސްޓު ދީންތަކަށް ނިސްބަތްވާ ފާދިރީންނެވެ.
އޭގައި (އެބަހީ) ޔޯގާގައި ކުރާ ބައެއް ހަރާކަތްތަކުން، ސިކުނޑިއަށާއި ޖިސްމަށް ލުއިކަން ގެނެސްދިންކަމުގައި ވިއަސް، މީގެ އަސްލެއް (މައިގަނޑު) ބަދަލެއް ނުވާނެތެވެ.
{لَا تَسۡجُدُوا۟ لِلشَّمۡسِ وَلَا لِلۡقَمَرِ وَٱسۡجُدُوا۟ لِلَّهِ ٱلَّذِی خَلَقَهُنَّ إِن كُنتُمۡ إِیَّاهُ تَعۡبُدُونَ} Surah Fussilat:37
- އަޠްހަރު އަޙްމަދުގެ ލިއުއްވުމަކުން ނަގައިފައި



advertisment
One Response
ޔޯގާ އަކީ ކަސްރަތެކެވެ. އަޅުކަމެކެވެ. ނަމާދަކީ ކަސްރަތެކެވެ. އަޅުކަމެކެވެ. ވެރިންނަށް މުހިއްމީ އެމީހުންގެ ދުނިޔަވީ އަބުރާ އިއްޒަތެވެ. ފައިސާގެ އިއްޒަތެވެ. މިނިސްޓަރު ކަމަކީ ވަރަށް ބޮޑު ޝަރަފެކެވެ. އެހެންނޫންނަމަ ތިމަންނާގެ މައްސަލައެއް ތަހުގީގު ކުރާނަމަ މިނިސްޓަރުކަން ދޫކޮށްލާނަމޭ ބުނިމީހާ މިނިސްޓަރުކަން ދޫކޮށްލާނެއެވެ. މުނާފިގުންނާ ތެދުވެރިން އޮޅިއްޖެއެވެ. މިއަދު ހެޔޮ މަގުގަ ތިބީ މަދު ބައެކެވެ. ތަން ފަސާދަވެއްޖެއެވެ. ދީނުގެ ނަމުގަ މެދުމިނޭ ކިޔައި ގައުމުގައި ރިބާ އާންމުވެއްޖެއެވެ. އެކަން ކުރީ ދައުލަތުންނެވެ. މަޑުމަޑުން ފަހަރަކު ކަމެއް / ނުބައި ކަމެއް އާންމު ކުރަމުން ކުރަމުން ގޮސް މުޅި ގައުމު ފަސާދަ ވެއްޖެއެވެ. މިއީ ހުޅަނގުގެ ރޭވުމެވެ. އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ހައްދުފަހަނައެޅި ދީނީ މީހުންނެވެ. ގައުމުގައި ގިނައީ އޮރިޔާމާ އުޅޭ އަންހެނުންނެވެ. ހުކުރުވިލޭރޭ ރާބޮއެގެން ކުނޑި ބޮއެގެން/ޕާޓީ ޑުރަގު ނަގައިގެން ޑީޖޭ ޑާންސެވެ. ކަސްބީ ވިޔަފާރިއެވެ. ދައުލަތުން އަޅާނުލައެވެ. ސަބަބު ﷲ އާ ވަކީލެވެ. އެވާހަކަ ދައުލަތުން ސިއްރު ކުރަނީއެވެ. އެކަމާ އިދިކޮޅީ އަދި އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ދީނީ ހައްދުފަހަނައެޅި މީހުންނެވެ. ގައުމުގައި ޣައިރު ދީނުތައް ޕްރޮމޯޓް ކުރަނީއެވެ. އެޖަމިއްޔާގެ ވެރިންތައް މިއަދު ތަންފީޒީ އިދާރާތަކުގައެވެ. ދައުލަތް އެކަމަށް އޯކޭއެވެ. ބައިނަލްއަގުވާމީއެވެ. އެކަމާ ހިތްހަމަނުޖެހި އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ހައްދުފަހަނައެޅި މީހުންނެވެ. ދީނީ ހައްދުފަހަނައެޅި މީހުންނެވެ. ގައުމުގައި ރާވިއްކުން (ހަރާމް ކަމެއް ހުއްދަ ކުރުން / ހަލާލްކުރުން) ދައުލަތުން އެއޮތީ ހަލާލުކޮށްފައެވެ. ރައްޔިތުން ތިބީ އޭގެއަވައިގަ ޖެހި ލިބޭ ފައިސާއިން ހެވިފައެވެ. ވަޒީރުންނެވެ. ވިޔަފާރިވެރިންނެވެ. އެކަމާ ނުރުހި އެވާހަކަ ދައްކަނީ ހަމައެކަނި ތިބުނާ ހައްދުފަހަނައެޅި މީހުންނެވެ. ނަރަކައޭ ބުނީމާ ހިތަށް ބިރުވެރިކަން ވަންނަ މީހުން މަދެވެ. ހިތްތަކުގައި ވަނީ ﷲ ވަހީ ކުރެއްވި ފަދައިން ފާސިގު ކަމުން ގޮސް ކަޅުލައްތަކެއް ޖެހިފައެވެ. ދަންނަވަންތޯއެވެ. ހައްގާ ބާތިލް އޮޅުވާ ނުލެވޭނެއެވެ. މިދޭތި އޮޅުވާލުމަށް ސިޔާސީ ބަޔަކު ކޮންމެފަދަ ސްޓަންޓެއްވެސް ޖައްސާކަށް ފަސް ނުޖެހޭނެއެވެ. ފައިސާގެ އަވައިގަ ޖެހި އެމީހުން އެތިބީ ހަރާމް ކަންތައް ހަލާލުކޮށްގެންނެވެ. އެމީހުން ނުރުހޭ ނުވަތަ އިސްލާމްދީނުގަ އޮންނަގޮތަށް ކަންތައްކުރުމަށް ގޮވާލާ މިހުންނަކީ އެބައިމީހުން ކުރިމަތީގަ ހައްދުފަހަނައެޅި މީހުންނެވެ. ނުވަތަ ހަރުކަށި ފިކުރުގެ މީހުންނެވެ. ގަބޫލުކުރާށެވެ! ބުނަން ނުކެރުނަސް ހަގީގަތަކީ މިއީކަން އެންމެންވެސް ދަނެއެވެ. ވީމާ ދީނާ ދުރުހެލިކޮށް، ޝޭހުންގެ އަގު ވައްޓަން މިޒަމާނުގަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.