އުޅަނދަކު ތިބޭހައި ފަޅުވެރިން ތޮޅުމުން ނުވާހުއްޓޭ މޮޅެއް
ކުޅަދާނަޔަސް ކެޔޮޅާ ނިޔަމި އަތުނުލެވެޔޭ ބަނދަރެއް އޮޅެއް
ކުރިމަތިވުމުން ގަދަ ޖުންޖުލާ މަދަދާ ނުލައި ތިބި ފަޅުވެރިން
ހުރިހައި ފަނާ ތަކުގައި ޖަހަން ނިއުޅޭނެހޭ ވަލަކުން ބޮޅެއް
ވައިދަށް ފަރާތުން ކަޅުވެފައި ވައިމަތި ފަރާތް ދަނޑިފަށްވެފައި
ވައިހަރުވެ އޮއިވަރު ބާރުވާ ހިނދު އަތު އަ ވާނޭހޭ ތޮޅެއް
ނިއުޅައިލުމުން ދަނޑިފަށް ވިލާ އެނހިދަށް ސަލާމަތް ހޯދުމަށް
ދިއުމަށް ފަނައިލައި އޮޑިއަޅަން ގިރިއެއް ފި ހޯދޭހޭ ނޮޅެއް
ކަނޑުމެދު އުޅަނދު ހުއްޓާ ޖެހޭ ގަދަފަދަ ވިލާ ގަނޑަކުގެތެރޭ
ކަނޑުގަދަވެ އުޅަނދު ލޮޅާ އިރަކު އަމަށުން ހަ ވޭހެއްޔޭ ފޮޅެއް
ދަތުުރެއް ނިޔާމަ ވެގެން ލިބޭ އުފަލެއް ފަސިންޖަރަކަށް އޮތީ
އަތުވާ ހިނދުންނޭ ދާ ރަށެއް ދަތުރެއް ކުރާ ޖެހިގައި ކޮޅެއް
