Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

ތަސްވީރަށް ނަޒަރު ހިންގާލާށެވެ. ތަސްވީރުން އެ ފެންނަ ކުއްތާ ހުރި ގޮތް ދެކިބަލާށެވެ. އަމިއްލަ މަސްލަހަތު އޮތުމުން، އިންސާނެކޭ އެއް ފަދައިން، އެ ކުއްތާ ވެސް އެ ހުރީ ކިޔަމަންތެރިކަމާއެކު ކޮޅަށެވެ.

ނަމަވެސް، އޭގެ މަސްލަހަތުތައް ހާސިލުވެދިޔުމުން، އިންސާނުންނާއި ކުއްތާއިންގެ ކިބައިން ދެން ފެންނަ މަންޒަރު ތަފާތެވެ. ކުއްތާއަކަށް ކަމެއް ކޮށްދީ އޭގެ މަސްލަހަތު އެންމެ ފަހަރަކު ވެސް ފުއްދައިދީފި ނަމަ، އެ ކުއްތާ އެކަން އަބަދުވެސް ހަނދާންކޮށް، އެކަން ދެނެގަނެއެވެ. އަދި، އޭއްޗަށް ހެޔޮކޮށް ހިތި މީހާއަށް ވަފާތެރިކަން މަތީ، އަބަދުގެ އަބަދަށް، ދެމިހުރެއެވެ. މިފަދަ މަންޒަރެއް އިންސާނުންގެ ކިބައިން ފެންނަލެއް ވަރަށް ވެސް މަދެވެ.

ވަރަށް ގިނަ ފަހަރު، އިހުސާންތެރިވެ، އިންސާނާއަށް ހެޔޮކޮށް ހިތި މީހާގެ މަތިން އޭނާ ހަނދާންނެތެއެވެ. އަދި، ބައެއް ފަހަރު، އޭނާ، އެމީހާއަށް ބޭވަފާތެރިވެ، ޚިޔާނަތްތެރިވެސް ވެއެވެ.

(ތަރުޖަމާއަކާއި އިތުރުކޮށްލުމެއް)