Support Us

ކަރަށް ބާރުވާ ގޮތަށް ޓައީ ގޮށްޖެހުމަކީ ޞިއްޙަތަށް ގެއްލުން ލިބޭ ކަމެއް

ޖައްވު ހޫނު މޫސުންތަކުގައި ކަރަށް ބާރުވާގޮތަށް ޓައީ ބެހެއްޓުމަކީ ސިކުނޑީގައި ލޭ ގަނޑުވުމަށް އެހީވެދޭ ބަހާއެކެވެ. ހިތުގެ ބަލިތަކާބެހޭ ރޫސީވިލާތުގެ ޑަކްޓަރެއް ކަމުގައިވާ ވްލެޑިމީރު ޚުރޮޝޭވް ވިދާޅުވާ ގޮތުގައި ކަރުގައި ޓައީ ބާރަށް ބަނުމަކީ ސިކުނޑިއަށް ދާ ލޭ ދައުރުވުމަށް ހުރަސްއަޅައި ކަމެކެވެ.

އޭނާ ވިދާޅުވިއެވެ. "ވައި ހޫނު އިރުގައި ވެސް ރަސްމީ މުނާސަބަތުގައި ޓައީއަކީ ރަސްމީ ހެދުމުގެ ބައެކެވެ. އެހެންކަމުން މަސްއޫލުވެރީންނަށާއި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށާއި ވުނޭރުންނަށް ޓައީއާ ދުރުހެލިވެވޭކަށް ނޯންނާނެއެވެ. އެހެނަސް ކަރަށް ބާރުވާ ގޮތަށް ޓައީ ގޮށް ޖެހުމަކީ ޞިއްޙަތަށް ގެއްލުން ލިބޭ ކަމެކެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށް ލޭ ދިޔުމަށް ހުރަސްއެޅޭތީއެވެ."

އޭނާ ވިދާޅުވި ގޮތުގައި ހޫނު މޫސުމުގައި ޓައީ އެޅުމަކީ އޭގެ ނަތީޖާ ނުބައި ކަމެކެވެ. އެކަމުގެ ސަބަބުން ބޮލުގައި ރިހުމުގެ އިތުރަށް ސިކުނޑީގައި ލޭ ގަނޑުވެދާނެއެވެ. އެއީ މި ގޮށުގެ ސަބަބުން ލޭ ހޮޅިތައް (ވޭންތައް) ފިތޭތީއެވެ. އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ހޫނު  ޖައްވުގައި ލޭ އޮލަވެއެވެ. ލޭ ގަނޑުވަނީ މިހެން ވެގެންނެވެ. އޭނާ ވިދާޅުވިއެވެ. "30 ދަރަޖައަށް ހޫނުކަން ދާއިރު ލޭ ހުންނާނީ ވަރަށް ބޮޑަށް އޮލަވެފައެވެ. މި ފަދަ ޙާލަތުގައި ޓައީ ގޮށަކީ ނުރައްކާތެރި އެއްޗެކެވެ." އޭނާ ނަސޭހަތް ދެއްވަނީ ހޫނު ރަށްރަށުގައި ޓައީ ނޭޅުމަށެވެ. އަޅާން ޖެހިއްޖެނަމަ އަވަހަށް އެ ބޭލޭތޯ ބެލުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް