Support Us

މަކުނުކަށިދުރި އާއި އެއިޑްސްއާ ދެމެދުގައި ގުޅުމެއް ވޭތަ؟

އެއިޑްސް ބައްޔާއި މަކުނުކަށިވިދުރިއާ ދެމެދުގައި އެއްވެސް އެއްވައްތަރު ކަމެއް ވޭހެއްޔެވެ؟ "ރައްޔިތުންނަށް ހުރި ނުރައްކާތެރި ބަލިތަކުގެ ތެރޭގައި" މި ބަލި ވެއްޖެކަމަށް ސްވިޑްން އިން ގިންތިކުރުމުން  އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ މި ބަލި ކުއްލިއަކަށް މިހާ ބާރަށް ފެތުރެމުންދަނީ ކީއްވެގެން ބާވައެވެ!

މަކުނުކަށިވިދުރި ކޮން ކަހަލަ ބައްޔެއް؟

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނާގޮތުގައި މިއީ ވަރަށް ނާދިރު ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލީގެ އަޞްލަކީ ރާމާމަކުނެވެ. މި ވައިރަސް އިންސާނުންނަށް ޖެހެން ފެށީ ޙައިވާނުންގެ ގައިން ލައިފައެވެ. އެހެނަސް މިއަދު މި ބަލި އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރަމުން ދަނީ މަކުނުގެ ޒަރީޢާއަކުންނޫނެވެ.

ކަށިވިދުރި ވަނީ 1980ގައި ނައްތައިލައިފައެވެ. އެހެނަސް މަކުނުކަށިވިދުރި ނައްތައެއް ނުލެވެއެވެ. ފުރަތަމަ ފަހަރަށް މަކުނުކަށިވިދުރި ފެނިފައިވަނީ 1985ގައި ޑެންމާކްގެ ވެރިރަށް ކޮޕެންހޭގަނުން ވެކްސިނާބެހޭ ލެބޯޓަރީއަކުން ކަމަށް ޖަޒީރާއިން ޝާއިޢު ކުރި ރިޕޯޓެއް ބުނެއެވެ.

މި ބައްޔަށް އެއްވެސް ބޭހެއް ފަރުވާއެއް އަދި ފެނިފައެއް ނުވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ބުނާގޮތުގައި ކަށިވިދުރީގެ ވެކްސިން ޖަހައިފައިވާ މީހުންނަށް މަކުނުކަށިވިދުރިން ކޮންމެވެސް މިންވަރަކަސް ރައްކައުތެރިކަން ލިބެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ބުނާގޮތުގައި މިއަދާ ހަމައަށް އައިއިރު 80 މީހަކަށް މަކުނުކަށިވިދުރި ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި 50 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވެއެވެ. ޖަރްމަނު ނޫސްއޭޖެންސީ ބުނާގޮތުގައި މިއަދާ ހަމައަށް އައިއިރު މި ބަލި 11 ޤައުމަކުން ވަނީ ފާޅުވެފައެވެ. އޮސްޓްރޭލިޔާއާއި ފަރަންސޭސިވިލާތާއި ޖަރްމަނުން އިއްޔެ ވަނީ މަކުނުކަށިވިދުރީގެ ޙާލަތްތަކެއް ފެނިފައެވެ. މި ދިޔަ ބުރާސްފަތު ދުވަހު ވަނީ އެމެރިކާއާއި ކެނެޑާއާއި އިނގިރޭސިވިލާތާއި ސްޕޭނާއި ޕޯޗްގީޒާއި ސްވިޑްން އިން މި ބަލި ފެނިފައެވެ.

އޮސްޓްރޭލިޔާގެ ވިކްޓޯރިޔާ ސްޓޭޓްގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި އެ ސްޓޭޓުގައި މި ބަލި ޖެހިފައިވާ މީހަކީ އުމުރުން 33 އަހަރުގެ މީހެކެވެ. އޭނާއަކީ އިނގިރޭސިވިލާތުން އިއްޔެ އައި މީހެކެވެ.

ބަލިޖެހިފައި ވަނީ ލޫޠީންނަށް  

ޖަޒީރާ ބުނާގޮތުގައި މި ބަލި ޖެހިފައިވާ ގިނަ މީހުންނަކީ ފިރިހެނުންނެވެ. މީގެ ތެރެއިން ގިނަ ބަޔަކަށް މި ބަލި ޖެހިފައިވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ސަބަބުންނެވެ.

ސްޕޭންގެ މެޑްރިޑް ސްޓޭޓްގެ ޞިއްޙަތާ ބެހޭ އިދާރާގެ މުޝީރު އެންރީކޭ އެސްކޮޑީރޯ ވިދާޅުވާގޮތުގައި ގިނަ ބަޔަކަށް މި ބަލި ޖެހިފައިވަނީ އެއް ޖިންސުން ގުޅުން ހިންގާ މީހުން ބޭނުންކުރާ ސައުނާ ޙައްމާމުތަކަށް ގޮސްއުޅުމުގެ ސަބަބުންނެވެ.

އިނގިރޭސި ވިލާތުގެ ޞިއްޙީ ސަލާމަތާ ބެހޭ އޭޖެންސީ ބުނާގޮތުގައި އެ ޤައުމުގައި މަކުނުކަށިވިދުރި ޖެހިފައިވާ ގިނަ މީހުންނަކީ ލޫޠީން (ގޭ މީހުން)ނެވެ.

އިނގިރޭސިވިލާތުގެ ޞިއްޙީ ސަލާމަތާ ބެހޭ އޭޖެންސީގެ އިސް މުޝީރާ ސޫޒަން ހޮބްކިންޒް ވަދާޅުވާ ގޮތުގައި މަކުނުކަށިވިދުރު ލޫޠީންގެ ތެރޭގައި ފެތުރެމުންދާކަން އިނގިރޭސިވިލާތާއި ޔޫރަޕްގެ ތަފާތު ޙާލަތްތަކުން އެނގެއެވެ. އޭނާ ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ބަލި ޖެހެމުންދާ މީހުން އިތުރުވެގެންދާނެއެވެ.

ސުޢޫދީ ޢަރަބިއްޔާއިން ރައްކައުތެރިވުމަށް ގޮވައިލައިފި

މި ނުރައްކާތެރި ބަލި ދުނިޔޭގެ މުހިއްމު ބައެއް ޤައުމުތަކުގައި ފެތުރެމުންދާތީ ސުޢޫދީ ޢަރަބިއްޔާއިން އެ ޤައުމުގެ ރައްޔިތުން ބޭރަށް ދަތުރު ކުރާއިރު ރައްކައުތެރިވުމަށް މިއަދު ވަނީ ގޮވައިލައިފައެވެ. ސުޢޫދީ ޞިއްޙަތާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ކުއްލި އިޢުލާނެއް ބުނާގޮތުގައި އެ ޤައުމުން މި ބަލީގެ އެއްވެސް ޢަލާމާތެއް އަދި ފެނިފައެއް ނުވެއެވެ. ސުޢޫދީން ބުނާގޮތުގައި އެ ޤައުމު އޮތީ މި ބައްޔަށް ފާރަލައި ރަނގަޅަށް ތައްޔާރުވެގެންނެވެ. ރިޔާޟުން ދަނީ މި ބަލި ފެތުރެމުންދާ މިންވަރު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާ ގުޅައިގެން ބަލަމުން ވަޒަންކުރަމުން ކަމަށް ސުޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ބަޔާން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް