އިލާހީ ރަޙުމަތާ މަދަދާ އަޅުންނަށް އޮއްސަވައި ފާނދޭ
ޚިލާފުވި އަޅުތަކުންނަށް ކުށް ޢަފޫކޮށް ފުއްސަވައި ފާނދޭ
ނުވާނަމަ ރަޙުމަތާ މަދަދާ ހަލާކުވެ އަޅުތަކުން ދާނޭ
ދުވާލާ ރޭތަކާ ހެޔޮގޮތް އިރާދަ ކުރައްވަވައި ފާނދޭ
އަބާބީލުގެ ހިލައިން ނިމިގެން ހަލާކުވެ އަބުރަހާ ދިޔަހެން
ވަބާގައި އަޅަމެނަށް އެ ނިމުން ނިޔާ ނުކުރައްވަވައި ފާނދޭ
ޢަދުލުވެރި ރަޙުމުގައި މަތިވެރި ފަރާތެއް އަޅުތަކުންނަށް ނެތް
އަދުގެ ނިކަމެތި ކަމުން އަޅަމެން ނަޖާކޮށް ދެއްވަވައި ފާނދޭ
ނިޤާބުން މޫނުތައް ފޮރުވައި ވަބާގެ ބިރަށް އުޅެން ޖެހެވެނި
ޢިޤާބެއް ޢާންމު ވާނޭ ފަދަ ގޮތުން ނުފޮނުއްވަވައި ފާނދޭ
ފަސާދަ ކުރާ ނުބައި ފާޖިރު ކުފުރު ކާފިރު ތަކުންގެ ކުށުން
ޚަސާރަތުގައި ހަލާކުވުމެއް ޤަޟާ ނުކުރައްވަވައި ފާނދޭ
އިލާހީ އަޅަމެނަށް ފުރިހަމަ ހިދާޔަތު ދެއްވަވައި ފާނދޭ
ފިލައިގެން ހިތްތަކުން އީމާން ނުގޮސް ހަރު ލައްވަވައި ފާނދޭ
