Support Us

ކޮލަމް ކޯދު: އެއްވެސް ހައްލެއް ނެތް ތިން ކަމެއްގެ ވާހަކަ

އިބްނު އަބްދު ރައްބިހީ އޭނާގެ އިގްދުލް ފަރީދުއޭ ކިޔުނު ފޮތުގައި ލިޔެފައި ވެއެވެ. ފާސިދުވެ، ހަލާކުވެފައިވާ ތިން ކަމަކަށް އެއްވެސް ހައްލެއް، ބޭސްފަރުވާއެއް ނޯވެއެވެ.

ފުރަތަ މަކަމަކީ ގާތްތިމާގެ މީހުންގެ މެދުގައި އޮންނަ އަދާވާތްތެރިކަމެވެ.

ދެވަނަ ކަމަކީ އެކަކު އަނެކަކާ ކުފޫ ހަމަވެގެންވާ މީހުންގެ މެދުގައި އޮންނަ ހަސަދަވެރިކަމެވެ. (މިސާލަކަށް ދެ މުއްސަންޖެއްގެ ދެމެދުގައި އޮންނަ ހަސަދަވެރިކަމެވެ.)

ތިން ވަނަ ކަމަކީ މަގާމަށް ނުކުޅެދޭ ވެރިޔާގެ ނުކުޅެދުމެވެ.

އާދެ، އިބްނު އަބްދުހޫގެ ނަޒަރުގައި މިނަންގަތް ތިންކަމަކީ އެ ތިންކަމަށް އެއްވެސް ޝިފާއެއް އޮތް ކަމެއް ނޫނެވެ!

ނަމަވެސް، ހިޖާމާ ޖަހައިގެން މި ކަންކަން ކަމަށް ވެސް ފުރިހަމަ ޝިފާއެއް ލިބިދާނެ ކަމަށް ގަބޫލުކުރާނޭ މީހުން މިހާރު އުޅެފާނެ ކަމަށް ގަބޫލުކުރަން ޖެހެއެވެ.