Support Us

އެއީ މާޔޫސްވާނެ، މާޔޫސްކޮށްލެވޭނެ ޖެނެރަލެއް ނޫނެވެ.

ފޮޓޯއިން ފެނިވަޑައިގަންނަވަނީ އަފްޣާނިސްތާނުގެ ސިފައިންގެ ކުރީގެ ޖެނެރަލެކެވެ. އިނގިރޭސިވިލާތުގެ ސޭންޑްހާސްޓުން އަސްކަރީ ތަމްރީނު ހޯދާފައިވާ މިހާރު އުމުރުން 88 އަހަރުގެ ޝާޙް މަޙްމޫދު ނައިޒީއެވެ.

އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އޭނާގެ ފިރިހެން ދަރިފުޅު ވަނީ ގެއްލިފައެވެ. ޖެނެރަލް ޝާޙް މިއަދު އެކުރާ މަސައްކަތަކީ އޭނާގެ އަންހެނުންނާއި ދަރިފުޅުގެ އަންހެނުންނާއެކު އެ އާއިލާ ބަޑުފުރާނަ މުއްތިކޮށްދިނުމަށް ކުރާ މަސައްކަތެކެވެ. އެ ކުރާ މަސައްކަތަކީ އުމުރާ ބަލާއިރު ބުރަ އަދި ބަރު މަސައްކަތެކެވެ. އަދި އެއީ ކުރީގެ އަސްކަރީ ޖެނެރަލަކު ކުރަން އެކަށީގެންވާ މަސައްކަތެއްތޯ މީހަކު ސުވާލު އުފައްދަފާނެއެވެ. މިފަދަ ވަހުމްތައް ހިތަށް ވެރިކުރުވަނީ އެ މީހެއްގެ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ދީނީގޮތުން ހުއްދަ ހަލާލު ކޮންމެ މަސައްކަތަކީ އަބުރުވެރި މަސައްކަތެކެވެ.

ތަމްރީނުވެފައިވާ އަސްކަރީ ޖެނެރަލަކީ މާޔޫސްވާނެ އަދި މާޔޫސްކޮށްލެވޭނެ މީހެއް ނޫނެވެ. އޭނާގެ ތަމްރީނާއި ތަޖުރިބާއަކީ ދާއިމަށް ބޭނުންކުރާނެ، ކުރެވޭނެ އެއްޗެކެވެ. ތަމްރީނުވެފައިވާ އިޚްލާޞްތެރި، ޕްރޮފެޝަނަލް ސިފައިންގެ މީހަކީ އަބަދުވެސް ސިފައިންގެ މީހެކެވެ. ދާއިމަށް ފަހުލަވާނެކެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *