މީހެއްގެ ފިރިއަކާ ހިތާވެގެން އުޅެމުން ބުނެއެވެ. އޭނާއަށް އަހަރެން އެހީވެދިނީއެވެ. އުޚުތާއެވެ. އެހީވެ ދިނީއެއް ނޫނެވެ. ތިބާ އަމިއްލައަށް އެކަމަށް ހުށައެޅުނީއެވެ.
މީހުންގެ ފިރިންނާއެކު ވަގުތު ހޭދަކުރަމުން ކިޔައެވެ. ލޯބީވެވުނީއެވެ. ލޯބިވަންޏާ ކައިރިއަށް އަންނާނެއެވެ. ގުޅާނެއެވެ. މެސެޖުވެސް ކުރާނެއެވެ. އޭ އުޚުތާއެވެ. ތިބާ ހިލޭ ފިރިހެނަކަށް އެ ފުރުސަތު ދެނީ ތިބާގެ ކިބައިގައި އިސްލާމީ އަޚުލާގު ނެތީމައެވެ.
އެ އަންހެނާ ބުނެއެވެ. މީހެއްގެ ފިރިއެއްކަން އެނގި ހުރެ އޭނާ އަހަރެންގެ ކައިރިއަށް އައީ އަނބި ގޯސްކަމުންނެވެ. އޭ އަންހެނާއެވެ. އަނބި ގޯސްނަމަ ކައިވެނި ދެމިއެއް ނޯންނާނެއެވެ.
އޭނާ ބުނެއެވެ. އަހަރެންނަކީ ރަނގަޅު އަންހެނެކެވެ. އުޚުތާއެވެ. ޣީރަތްތެރި އަންހެނަކު ހިލޭ ފިރިހެނަކަށް ނަފްސް ވިއްކައެއް ނުލާނެއެވެ.
އަންހެނާ ޖަވާބުދިނެވެ. ކެހި ލިބުނީ އަހަންނަށެވެ. އޭ އަންހެނާއެވެ. ކެހިވެރިކަމުގެ ދަންތުރައަކަށް ތިމާ ވެއްޓުނީ ތިމާ އަމިއްލައަށެވެ. ޝަހުވާނީ އެދުމުގެ ދަހިވެތި ކަމުގައި ފިރިހެނަކަށް ނަފުސު ދިނީ ހުދު ތިމާއެވެ.
އަންހެނާ ބުނެއެވެ. ކުށްވެރިއަކީ އަނބިމީހާއެވެ. ފިރިމީހާ ނުހިފެއްޓުނީއެވެ. އޭ އުޚުތާއެވެ. ސޭލުވި އެޅުވިފައިވާ މުދާގަނޑެއްހެން ގޮވާލާ ކާޅަކަށް ރައްދު ދެމުން ދާނަމަ ކޮށް ނުޖަހާ ކާޅެއް ނުދާނެއެވެ.
ބުނެދެންހެއްޔެވެ؟ ކައިވެނީގެ މަތީގައި ހުރެ ފިރިޔަކަށް ވިޔަސް އަނބިމީހާ ވިޔަސް ލޯބީގެ ނަމުގައި އެހެން މީހަކާ ގުޅިގެން އުޅުމަކީ ޙަރާމްކަމެކެވެ. ބުރުސޫރަ ރީތިވުމަކުން، މަސައްކަތަކަށް މޮޅުވުމަކުން އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ. ތިބާ ކުރިއަސް، އަހަރެން ކުރިއަސް ޒިނޭ ކުރުމަކީ ޙަރާމްކަމެކެވެ.
މިއަށް ރައްދު ދެމުން އަންހެނާ ބުންޏެވެ. ރޭނުކުރަމެވެ. ލޯބިވެރިންހެން މަތިމަތިން އުޅެނީއެވެ. އަސްތަޣްފިރުﷲ.. އެވެ. ހިލޭ އަންހެނެއްގެ ގައިގައި ބީހުމަށްވުރެ ވަކި ޙަރާމްކަމެއް ކޮބައިހެއްޔެވެ؟
ސުބްޙާނަﷲ! މިއަދު މުޖްތަމައުގެ ޙާލަކީ މިއީއެވެ. ޣީރަތްތެރި އަންހެނުން ނެތުމަކީ ކައިވެނީގެ މަތިވެރި ގުޅުންތައް ނިމިދިޔުމުގެ އަސްލެވެ. ސަމާލުވާށެވެ!



advertisment
One Response
ހަގީގަތުގައި މީހަކާ ނީނދެ އުޅޭ ފިރިހެނަކާ ހިތާވުމެކޭ ހަތަރަކަށްވުރެ މަދުން މީހަކާ އިނދެގެން އުޅޭ މީހަކާ ހިތާވުމެކޭ ދީނީ ގޮތުން ތަފާތެއް ނެތެވެ. ސަބަބަކީ 4ވަނަ މީހަކާ އޭނާއަށް ކާވެނި ކުރެވޭނެއެވެ. ނަމަވެސް 4 އަނބީން ތިބި ފިރިހެނަކާ ހިތާވުމަކީ ގޯހެކެވެ. އަންހެނުން މި ހަގީގަތް ގަބޫލުކުރާން އެބަޖެހެއެވެ.