Support Us

ކޮލަމް ކޯދު: އަންހެނުންނަށް ތައުރީފުގެ ބަހެއް ބުނުން

ފިރިމީހާގެ އަބަދުގެ ޝަކުވާއަކީ އޭނާގެ އަނބިމީހާގެ ދޫ މާ 'ދިގުވުމުގެ' މައްސަލައެވެ. އަބަދުމެ އަބަދު ފިރިމީހާއާ ދިމާއަށް އެއްޗެހި ކިޔައި ޝަކުވާކުރާ ވާހަކައެވެ.

ދެން، މިކަމާ ބެހޭ ގޮތުން ހައްލެއް ހޯދުމަށްޓަކައި ނަފްސާނީ އިލްމުވެރިޔަކާ ބައްދަލުކުރިއެވެ. ހައްލެއްގެ ގޮތުގައި ނަފްސާނީ އިލްމުވެރިޔާ ބުންޏެވެ. އަންހެނުންނަށް ތައުރީފުގެ ބަސްކޮޅެއް ރައްދުކުރާށެވެ. އޭރުން ތިކަން ހަމަޖެހޭނެއެވެ.

ފިރިމީހާ ގެއަށް ދިޔައެވެ. އަދި، ކެއުމުގެ ގަޑި ޖެހުމުން، ކާމޭޒު ދޮށު އިނދެ ކައި ހެދުމަށް ފަހު، ކެއުމުގެ މީރު ވާހަކަ ބުންޏެވެ. އަދި، މިފަދައިން މީރުކޮށް ކައްކާ މީހުންނަށް ތައުރީފުގެ ބަސްތައް ހައްގުކަމާއި އެމީހުންނަށް އިނާމު ވެސް ދޭންޖެހޭނޭ ވާހަކަ ބުންޏެވެ.

އަނބި މީހާ ރުޅިއައިސް ޖަވާބުގައި ބުންޏެވެ. ކަލެއަކީ ދުވަހަކު ވެސް އަހަރެން ކެއްކި އެއްޗަކަށް ކުޑަ ވެސް ހެޔޮ ބަހެއް ބުނި މީހެއް ނޫނެވެ. މިއަދު، އަވައްޓެރިޔާގެ އަންހެނުން ފޮނުވި އެއްޗެއް ކައިފައި ތިޔަ ތައުރީފުކުރަނީ ކީއްވެ ހެއްޔެވެ؟ ކަލޭ އުޅެނީ އޭނައާ އަޅައިގަނެގެންނޭ އޭރު ވެސް އަހަރެން ބުނީމު ނޫން ހެއްޔެވެ؟ އެހެންޏާ ފަހެ، މިހާ ދުވަސް ވީއިރު ވެސް ތިމާގެ އަމިއްލަ އަނބިމީހާ ކައްކާ އެއްޗަކާ އެހެން މީހަކު ކައްކާ އެއްޗެއް ވަކިކުރަން ނޭނގޭނީ ކޮންފަދަ މަރުމޯލަކަށް ހެއްޔެވެ؟

(ތަރުޖަމާއެއް)