Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ- ޚިޔާލަކީ ހަގީގަތް ކަމަށް ދައްކާލުން

ހަގީގަތަކީ ހަގީގަތެކެވެ. ޚިޔާލަކީ ޚިޔާލެވެ. ނަމަވެސް، ބައެއް ފަހަރު، އަމިއްލަ މަސްލަހަތު ނިޔާކުރަނީ ޚިޔާލަކީ ހަގީގަތް ކަމަށް ދައްކުވައިގެން އުޅުމަށެވެ. ތިމާ ބޭނުން ކަންކަން ފަސޭހައިން ކުރެވެނީ އެ ގޮތުގެ މަތިން ކަންކަންކަން ބޭއްވުމުން ކަމަށްވާތީއެވެ. އާދެ، ހަގީގަތް ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް، ޒައާމަތު އޮތީ ތިމަންގެ އަތްމަތީގައި ކަމުގައި ހީކޮށްލައިގެން ހުންނަން ޖެހެއެވެ. ދެން، ޚިޔާލަކީ ހަގީގަތް ކަމުގައި އޭނާއަށް ހީވާން ފަށައެވެ!!

ސުއާލަކީ ހަގީގަތުގެ ވެރިޔަކީ ކާކުބާވައެވެ؟ ޚިޔާލުގެ ވެރިޔަކީ ކާކުބާވައެވެ؟ ޚިޔާލަކީ ހަގީގަތް ކަމަށް ދޫކޮށްލައިގެން ހުރުމުގެ ބާރާއި އިޚްތިޔާރުގެ އޮތީ ކާކަށް ބާވައެވެ؟ ޚިޔާލަކީ ހަގީގަތްކަ މަށް ހީވާން ފަށާނީ ނުވަތަ ފެށީ ކާކަށް ބާވައެވެ؟

އެ ސުއާލުތަކުގެ ޖަވާބެއް ތަސްވީރުން ލިބޭ ކަހަލައެވެ! ދެން، ތަސްވީރުގެ އެހީގައި، އެ ސުއާލުތައް ބޭނުން މަސްރަހަކާ ނުވަތަ ބޭނުން ދާއިރާއަކާ، ގުޅުވާލައިގެން، އަމިއްލަ ވިސްނުމުގެ އަލީގައި، އޭގެ ޖަވާބެއް ކަނޑައަޅާލަންވީއެވެ!