ވަށައިގެން އިރުގެ ދައުރުވަމުން ދުނިޔެ ދާކަން އެނގޭތޯއޭ
ވަށައިގެން ބުރުޖަހާކަން ކޮންމެ އަހަރެއްގައި އެނގޭތޯއޭ
ފެށޭއިރު ފުރަހަޅައިގައި އިރު ހުރޭ ހަމަ ކޮންމެ އަހަރެއްގައި
ފެށޭއިރު ދުނިޔެ ވަދެ ހުރެޔޭ ފުނޯސް ނަކަތަށް އެނގޭތޯއޭ
އެއިރު އިރު ދާހުށީ ދެކުނުން މެދަށް އައުމާ ދިމާޔަށް ދާން
އެއިރު ތޭވީސް ޕޮއިންޓޭ ދަރަޖައީ ދެކުނުން އެނގޭތޯއޭ
އެއަށްފަހު މާރިޗުން ވިހިވަނަ ދުވަހު އިރު ދާނެ މެދުދަނޑިއަށް
އެއަށްފަހު މާލެއަށް މެދުވޭ ތިރީސް އެކަކުން އެނގޭތޯއޭ
އުތުރު ދަނޑިއަށް އެކާވީސްޖޫން ދުވަހު އިރު ދާނެޔޭ އަބަދަށް
އުތުރު، ތޭވީސް ޕޮއިންޓާ ދޭއް ހައެއް ޢަރުޟަށް އެނގޭތޯއޭ
ކުރާ ދަތުރުން މެދަށް އާދޭ އަލުން ސެޕްޓެމްބަރުގެ ވިއްސަށް
ކުރާނެ ޑިސެމްބަރުން ބާވީސް ދުވަހު ދެކުނަށް އެނގޭތޯއޭ
މިއީ، މަތިވެރި އިލާހީ ހެކި ތަކުން ކުޑަ ހެތްކަކަށް ނުވެޔޭ
މިއީ، ޔާސީން ތިރީސް އަށަކާ ގުޅޭ ހެތްކެއް އެނގޭތޯއޭ
އެއިން ހަމަ ކޮންމެ ކަމަކުން ވެސް، އިލާހީ ހެކިލިބޭ ޢިލްމުން
އެއިން اَللهُ އާމެދު ހެކި ލިބޭ "އަޤްލީ" އެނގޭތޯއޭ
