Support Us

ހަސަދަވެރި ނުވާށެވެ. ހަސަދަނުލާށެވެ.

އަހަރެންގެ ކޮޓަރި ތިބާގެ ކޮޓަރިއަށްވުރެ ފުރިހަމަވިއެވެ. ތިބާ ބުނާ އަޑުއި ވެނީ ފޮނި ދައްކަން އުޅޭގޮތެކެވެ.

އަހަރެންގެ ފިރިމީހާއަށް ލިބޭ މިންވަރު އިތުރުވިއެވެ. ލާރިތައް ތަޅާ ބުރުއްސާ އޭތިމީތި ހޯދާނޭ ތިބާ ބުނަމުއެވެ.

އަހަރެންގެ ދަރިފުޅަކީ ކިޔެވުމަށް ތޫނުފިލި ކުއްޖަކަށްވިއެވެ. ބައިވެރިވާހާ މުބާރާތަކުން ވަނަ ހޯދާނީ އޭނާގެ ދަރިފުޅެއް ނޫންހޭ އެއީ ސްކޫލުން ދޭ އެއްޗެކޭ ތިބާ ކިޔަމުއެވެ.

ތިބާގެ ގެދޮރަށްވުރެ އަހަރެންގެ ގެދޮރު ޒަމާނީ ފެންވަރަށް ހެދެމުންދިޔައެވެ. ދަރަނިން ފުރިފައިވާ ދަރަނިވެރިއެއްގެ ނަމުން ނަންދީ އެ ގެ ނުހެދޭނޭ ތިބާ ބުނެތެވެ.

އަހަރެންގެ އާއިލާގެ މީހުންނާއި ގާތް ރަހްމަތްތެރިން އަހަންނާ ހެދި އުޅޭވަރު ތިމާއަށް ފެނެއެވެ. ލާރި ހުރިއްޔާ ފަހަތުން ދުވާނޭ، ސަނާވެސް ކިޔާނޭ ތިބާ އަށް ހީވެއެވެ.

ބުރުސޫރަ ރިވެތި ޒަވާޖީ ހަޔާތުގެ ބައިވެރިއެއް ލިބުނެވެ. ފެންނަހާ މީހަކު ފަހަތުން ދުވާ މީހަކަށް މީހުންވާނޭ ބުނެ ބަސް ވީއްލިއެވެ.

އަހަރެންނަށް ޑިގްރީ ޙާސިލްވެ ރަނގަޅު ވަޒީފާއެއް ލިބުނެއެވެ. ދެން އެ މީހުންނަށް ނޫނީ ކިޔެވިފައި ވަޒީފާ ލިބޭނެ ބަޔަކު މިރަށުގައި ނުވާނޭ ނޫންހެއްޔޭ ކިޔެއެވެ.

އަހަރެންގެ ޒަވާޖީ ހަޔާތުގައި މައްސަލަ ޖެހުނު އަޑު ތިބާއަށް އިވުނެވެ. ރަނގަޅުވާނީ ކައިވެނި ރޫޅުނިއްޔާއޭ ތިބާ ކިޔަމުއެވެ.

ތިބާގެ ދަރިފުޅަށްވުރެ އަހަރެންގެ ދަރިފުޅު ހެދިބޮޑުވުމުގައި ކުރިއަރައިދެއެވެ. މީރު އެއްޗެހި ކާންދޭ މީހުންގެ ދަރިން އަވަހަށް ބޮޑުވާނޭ ތިބާ ބުނަމުއެވެ.

ދީނުގެ ކަންކަން ކޮށް ހެޔޮ އަމަލުތައް އަހަރެންގެ ކިބައިން ފެންނަ ހިނދު ތިބާއަށް މަލާމަތް ކޮށްލެވުނެވެ. ދެއްކެންވެގެން މާ ދީންވެގެން އުޅެނީއެވެ.

ލޯބިވާ އަޚުންނާއި އުޚުތުންނޭވެ. ރިޒްގް ލިޔުއްވީ ކާއިނަތުގެ ވެރި ﷲއެވެ. އަހަންނަށް ލިބެން އޮތް އެއްޗެއް އަދި އަހަރެންގެ އެއްޗެއް ތިބާއަށް ލިބުމެއްނުވެއެވެ. އަދި ތިބާ އަށް ލިބެން އިރާދައިގައި ވީއެއްޗެއް ތިބާއަށް ލިބޭނެއެވެ.

ހަސަދަވެރިނުވާށެވެ. ހަސަދަނުލާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *