ޙަޔާތުން ރަނުގެ ފުރުޞަތެއް މީ ލިބޭނޭ
ވަޔާ ކުޑިތަކެއް ހެން ނަގައިލާން ނުވާނޭ
ރެއެއް ހާސްމަހަށްވުރެ މިއީ، ހެޔޮވެގެންވާ
ރެއެއް ނިޢުމަތާ ދަރުމަ ގިނަގުނަ ލިބޭނޭ
ޚިލާފެއް ވެވެންނެތް ޙަދީސްފުޅުތަކުން މާތް
ފިލާނޭ އޮޅުން މާތްވިރޭ އޭ އަޚުންނޭ
ސަލާމްލެއްވި ޖިބްރީލު މަތިވެރިވި މަލަކުން
ސަލާމަތް ކަމުގެ ރޭ ވަޑައިގަންނަވާނޭ
އިލާހީ އަމުރުފުޅު ތަކާއިގެން ވަޑައިިގެން
ވިލާތަކު މަތީން މާ މިބާއެކު ފުރޭނޭ
އަދައި ކަންކަމާ ދިންނެވުން އެދި އުޅޭ ނަމަ
މަދަދު ރަޙްމަތުގެ ޚާއްޞަ ރޭގައި ލިބޭނޭ
"تُحِبُّ الْعَــــفْــوَ فَاعْفْ عَنِّي" ގެ ޒިކްރަށް
ރުހިއްޖެތަ އަޅު ގައިމު ވެސް ފުއްސަވާނޭ
