ވަރަށް ލޯބިން، އެކަކު އަނެކަކަށް އަޅާލައިގެން ދިރިއުޅެމުން ދިޔަ ދެމަފިރިންނެވެ. މިގޮތުގައި ދެމަފިރިންގެ ހަޔާތް ވޭތުކުރަމުން ދަނިކޮށް ވަރަށް ވެސް ހިތާމަވެރި ކަމަކާ ދިމާވިއެވެ. އަންހެނުންނަށް ހަމުގެ ބައްޔެއް ޖެހި، އޭނާ ބަލިވީއެވެ. އަދި، އެކަމުގެ ސަބަބުން، އޭނާގެ ގައިގެ ހަންގަނޑު ނޮޅި، އޭނާގެ ރިތިކަން ގެއްލުނެވެ.
މިކަން ފުރަތަމަ ލައިގެންއިރު، ފިރިމީހާ ވަނީ ރަށުން ބޭރުގައެވެ. ރަށަށް އައި މަގުމަތީ އެކްސިޑެންޓެންޑަކާ ދިމާވެ، އޭނާގެ ލޮލުގެ ފެނުން ގެއްލުނެވެ. ނަމަވެސް ގެއަށް އެނބުރި އައިސް އަންހެނުންގެ ޚިދުމަތުގައި އޭނާ ދެމިހުއްޓެވެ. ހަމަ އެފަދައިން، އަންހެނުން ވެސް، އޭނާއަށް ވީވަރަކުން ފިރިމީހާގެ ލޮލަށް، އޭނާއަށް ޚިދުމަތް ކުރުމުގައި ދުވަސްތައް ހޭދަކުރަމުން ދިޔައެވެ.
އެންމެ ފަހުން، އަންހެނުންގެ ބަލި ބޮޑުވެ، އޭނާ މި ދުނިޔެ ދޫކޮށް ދިޔައެވެ. އެކަމާ ފިރިމީހާ ވަރަށް ހިތާމަކުރިއެވެ. އަދި، އަންހެނުންގެ ޖަނާޒާގެ ކަންތައް ނިންމާފައި، އޭނާގެ މަގުބަރާ ކައިރީގައި ހިނދުކޮޅެއް ވޭތު ކުރުމަށް ފަހު، ގެއަށް އަންނަން އެކަނި ހިނގައިގަތެވެ.
އޭނާ ދަންނަ މީހަކަށް މިތަން ފެނިގެން، އޭނާއަށް އެހީވުމުގެ ގޮތުން އޭނާ ކައިރިއަށް ދިޔައެވެ. އަދި، އޭނާގެ އަތުގައި ހިފައިގެން ގެއަށް ގެންދަން އުޅުނެވެ. އެ ވަގުތު ފިރިމީހާ ބުންޏެވެ. "އަހަރެންގެ ލޮލަށް ފެނެއެވެ. މި ދިޔަ ދުވަސްތަކުގައި ލޮލަށް ނުފެންނަ ކަމަށް ހެދިގެން އުޅުނީއެވެ. އެއީ އަންހެނުންގެ ހާލަތު އަހަންނަށް ފެނިއްޖެ ނަމަ، އޭނާ މާ ބޮޑަށް ދެރަވެދާނެތީއެވެ!"
ބައެއް ފަހަރު، އަފުރާދުންގެ އައިބުތައް ނުފެންނަ ކަމަށް ހަދައިގެން އުޅުމަކީ ވަރަށް ވެސް ބޭނުންތެރި ކަމެކެވެ! ހިކުމަތްތެރި ގޮތެއް ވެސް މެއެވެ!!
