Support Us

ކޮލަމް ކޯދު: ލޯބީގެ މަރުހަލާތައް

ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ލޯބީގެ ތިން މަރުހަލާއެއް އޮވެއެވެ. ކައިވެނީގެ ކުރީގައި އޮންނަ ލޯބީގެ މަރުހަލާއަކާއި ކައިވެނީގެ ފުރަތަމަ އަހަރު އޮންނަ ލޯބީގެ މަރުހަލާއާއި ކައިވެނީގެ ދެން އޮތް އަހަރުތަކުގެ އޮންނަ ލޯބީގެ މަރުހަލާއެވެ.

އެ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ކައިވެނީގެ ކުރީގައި އޮންނަ ލޯބީގެ މަރުހަލާގައި ވާހަކަދައްކަނީ ފިރިހެން މީހާއެވެ. އަބަދުވެސް، ކެތްތެރިކަމާއެކު، އަންހެން މީހާ އިންނަނީ އަޑުއަހާށެވެ. ނަމަވެސް، ކައިވެނިކުރުމަށް ފަހު، މިކަމަށް ބަދަލު އަންނަ ކަމަށްވެސް ނަފްސާނީ އިލްމުވެރިން ވިދާޅުވެެއެވެ.

އެ އެފަދަ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ކައިވެނީގެ ފުރަތަމަ އަހަރު އޮންނަ ލޯބީގެ މަރުހަލާގައި ވާހަކަ ދައްކާނީ މުޅިން ވެސް އަނބިމީހާއެވެ. މި މަރުހަލާގައި އަދަބުވެރިކަމާއެކު، ނަމަވެސް ކެތްތެރިކަން ކުޑަވެފައި ވިޔަސް، ފިރިމީހާ އިންނަނީ އަޑުއަހާށެވެ.

ދެން، ހަމަ އެ ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ކައިވެނީގެ ދެން އޮތް އަހަރުތަކުގައި އޮންނަ ލޯބީގެ މަރުހަލާގައި ދެމަފިރިން ވެސް، ވަކި ވަކިންނާއި އަދި އެއްފަހަރާ ވެސް ވާހަކަ ދައްކާނެއެވެ. ނަމަވެސް، ލޯބީގެ އެންމެ ފަހުގެ، މި މަރުހަލާގައި ދެމަފިރިންގެ ވާހަކައިގެ އަޑު ކިތަންމެ ގަދަވެފައި އޮތަސް، އެ މީހުންނަކަށް އެކަކު އަނެކަކުގެ އަޑެއް ނީވޭ ފަދައެވެ. އެ ވާހަކަތަކުގެ އަޑުއަހަން ތިބޭނީ އަވަށްޓެރީންނެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. ކައިވެނީގެ ކުރީގައި ލޯބީގެ މަރުހަލައެއް އޮތުމަކީ ޘަދޫމު ފަދައިން އެތަނެއް ބަންޑުން ޖަހައިނުލިޔަސް ކޯފާއެއް އައިސްދާނެ ކަމެއް ކަަމަށް ބެލެވޭ. އިޤްތިޞާދީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އެމީހަކު ބަލިކަށިކޮށްލުމަކީވެސް ކޯފާއެއް ކަމުގައި ވެދާނެ. ދެން މިތިބި ނަފްސާނީ އިލްމުވެރިން މަގޭހިތަށްއަރާ މިއީ ކީއްކުރާ ބައެއްބާވައޭ. އެމީހުން ބުނަނީ ބާރުގަދަ ބޭހެއް ބޭނުންކުރުމަށް. ޤުރުއާނާ ސުންނަތުގަ ހިފާކަށް ނޫޅޭ. ވީމާ ކައިވެނީގެކުރީގައި އޮންނަ ޖަހާލަތުގެ ނިފާގުކަން ކަނޑުވާލަން އެބަޖެހޭ. ސަބަބަކީ އެކަމުގެ ސަބަބުން ކޮންމެ 100 އަކުން 2 މީހުންވެސް ކިރިޔާ މި ސަލާމަތްވަނީ. އެހެން އެންމެން މިތިބެނީ ބިކުރުރުވެރިކަމުގަ ބާވައޭ ސުވާލު އުފެދޭ. ވީމާ އެބުނާ ނަފްސާނީ އިލްުވެރިންގެ ދިރާސާ ރަނގަޅުވިޔަސް އޭގެ ގިނަ ޢިލްމުވެރިންގެ އަގީދާގެ ސަބަބުން ގިނަމީހުން (ކްލައެންޓުން) އިތުރަށް މަގުވެސް ފުރެދޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *