Support Us

ރަޝިޔާ އަތުން އިންޑިއާ ތެޔޮގަންނަނީ

ރަޝިޔާގެ ތެލާއި އެހެނިހެން މުދާތައް ގަނެގެން ރަޝިޔާއަށް އެހީވާން އިންޑިޔާ ތެދުވާން ނިންމައިފިކަމަށް ޚަބަރުތައް ބުނެފިއެވެ.
އި

ންޑިޔާއަކީ އެ ޤައުމަށް ބޭނުންވާ ތެލުގެ 80% ބޭރުން އެތެރެ ކުރާ ޤައުމެކެވެ. މީގެ ތެރެއިން 1% ގެނެސްފައި ވަނީ ރަޝިޔާއިންނެވެ. އެހެނަސް ޔުކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު 40% ށް މައްޗަށް ދިޔުމުން އެ ޤައުމުގެ ތެލުގެ ބިލް ކުޑަކުރުމަށް ޓަކައި ތަންކޮޅެއް އަގު ހެޔޮކޮށް ތެޔޮ ހޯދުމަށް އިންޑިއާއަށް ވަނީ މަޖްބޫރު ވެފައެވެ. ފަރަންސޭސި ދުވަހު ނޫހެއްކަމުގައިވާ ލެމޮންޑް ބުނާގޮތުގައި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއިން މިހާރު ދަނީ ބާޒާރު އަގަށްވުރެ ހެޔޮ އަގެއްގައި ތެޔޮ ވިއްކަމުންނެވެ.

ރަޝިޔާއިން ތެޔޮ ދެނީ އަގު ހެޔޮކޮށް

އިންޑިޔާގެ މަސްއޫލުވެރިއަކު ވިދާޅުވާގޮތުގައި "ރަޝިޔާއިން އިންޑިޔާއަށް ތެލާއި އެހެނިހެން މުދާތައް ދޭނީ ބާޒާރު އަގަށްވުރެ މާ އަގު ހެޔޮކޮށްނެވެ. އަހުރެމެން އެކަމާމެދު ވަރަށް އުފާކުރަމެވެ." އެހެނަސް އިންޑިޔާއިން ގަންނާނީ ކިހާ ތެލެއް ކަމެއް އަދި މި ތެޔޮ ލިބެނީ ކޮން އަގަކަށް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ. އިންޑިޔާގެ މި މަސްއޫލުވެރިޔާ ހާމަކުރެއްވި ގޮތުގައި މިފަދަ ވިޔަފާރީގެ މުޢާމަލާތެއް ކުރެވޭނީ އެކަމަށް ތައްޔާރީތަކެއް ވެގެންނެވެ. އޭގެތެރޭގައި ނަޤްލުކުރުމާއި އިންޝުއަރެންސާއި ސާފުނުކުރާ ތެޔޮ ތައްޔާރު ކުރާ ގޮތް ހިމެނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކަންތައްތައް ނިމުމުން ރަޝިޔާއިން އިންޑިޔާ ތެޔޮ އެތެރެކުރާން ފަށާނެއެވެ.

މިދިޔަ އަހަރު އިންޑިޔާ އެންމެ ގިނައިން ތެޔޮ ގަނެފައި ވަނީ ޢިރާޤުންނެވެ. އެއީ އިންޑިޔާއާއަށް ބޭނުންވި ތެލުގެ 25 % ކަމަށް އިންޑިޔާއިން ބުންޏެވެ. ޢިރާޤުގެ އިތުރަށް އިންޑިޔާއިން ތެޔޮ ގަނެފައިވަނީ ސުޢޫދީ ޢަރަބިއްޔާ (16%) އާއި އިމާރާތުން (11%) އާއި ނައިޖީރިޔާއިން (8 %) އާއި އެމެރިކާއިން (7. 0.% ) އެވެ.

ރަޝިޔާއަށް ލިބުނު ސަލާމަތީ ބޮޔެއް

މި ވާހަކަތަކަށް ބަލާއިރު ފެންނަނީ އިންޑިޔާ ވާނީ ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ޓަކައި ލިބުނު ސަލާމަތީ ބޮޔަކަށެވެ.ޗައިނާއިން ވަނީ މި ދިޔަ ފެބްރުވަރީގައި ރަޝިޔާގެ ގޮދަނުގެ ކުރިމަތީގައި ހުރި ހުރިހާ ހުރަސްތަކެއް ނައްތައިލައިފައެވެ.
ބޭޖިންގާއި ނިވްދިއްލީއަކީ ރަޝިޔާ ކުށްވެރި ކުރުމުގައި ބައިވެރި ނުވާ ދެ ޤައުމެވެ.މި ދެ ޤައުމުން ވެސް މަސައްކަތް ކުރަމުންދަނީ ރަޝީޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ގިރާކޮށް ރަޝިޔާއާއެކު ވިޔަފާރީގެ މުޢާމަލާތުތައް ކުރިއަށް ގެންދެވޭތޯއެވެ.

ރަޝިޔާއާ ދުރަށް ދިޔުމަށް އެމެރިކާ ގޮވައިލާ

އަނެއްކޮޅުން އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ރަޝިޔާއާއި އިންޑިޔާ ދުރަށްލުމަށް ވޮޝިންގްޓަނުން ވަރަށް މަސައްކަތް ކުރާނެއެވެ. އިންޑިޔާގެ ސަލާމަތާ ބެހޭ އިދާރާގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ. "ސަރަޙައްދީ އަރާރުންތަކުގެ ކުރިމަތީގައި އިންޑިޔާއަށް ރަޝިޔާގެ ހަތިޔާރު ބޭނުންވާ މަސްއަލަ އެމެރިކާއިން ބަލައިގަނެއެވެ."

ރޮއެޓަރޒް ބުނާގޮތުގައި އިންޑިޔާއިން މަސައްކަތް ކުރަމުން ދަނީ އިންޑިޔާގެ ރުފިޔާއާއި ރަޝިޔާގެ ރޫބެލުން ވިޔަފާރީގެ މުޢާމަލާތު ކުރުމާބެހޭ އާލިއްޔަތެއް ތައްޔާރު ކުރުމަށެވެ. ތެލުގެ އިތުރަށް ރަޝިޔާ އަތުން އިންޑިޔާ ބޭނުންވާ އެއްޗެހީގެ ތެރޭގައި ކާދު ހިމެނެއެވެ. ރަޝިޔާއާއި ބިލޫރޫސަކީ ކާދު އުފެއްދުމުގައި މަޝްހޫރު ދެ ޤައުމެވެ.

އިންޑިޔާ ބުނާގޮތުގައި އެ ޤައުމުގެ ދިފާޢީ ކަންކަމުގައި މިހާތަނަށް ބަރޯސާ ވެފައި ވަނީ ރަޝިޔާގެ ހަތިޔާރުގެ މައްޗަށެވެ. ހަތިޔާރު ދޭނެ އެހެން ފަރާތްތަކެއް ހޯދުމަކީ އެހާ ފަސޭހަ ކަމެއްނޫނެވެ. 2011 ވަނަ އަހަރުން ފެށިގެން އިންޑިޔާއިން ދަނީ ރަޝިޔާ އަތުން ދިފާޢީ ހަތިޔާރު ހޯދުން 53 % ށް މަދުކުރަމުންނެވެ. މީގެ އިތުރަށް ޕާކިސްތާނު ރަޝިޔާއާއެކު ގުޅުންތައް ބަދަހި ކުރަމުންދާތީ އިންޑިޔާ ކަންބޮޑުވެއެވެ. ޕާކިސްތާނު ދުރަށް ލެވޭނީ އިންޑިޔާއިން ރަޝިޔާއާއެކު ގުޅުންތައް ދަމަހައްޓައިގެންނެވެ.

އިންޑިޔާއިން ވަނީ ރަޝިޔާގެ ދިފާޢީ މިސައިލް ނިޒާމު އެސް 400 ގަތުމަށް ނިންމައިފައެވެ. މިއީ އެމެރިކާ ވަރަށް ކަންބޮޑުވާ ކަމެކެވެ. ރަޝިޔާގެ ދިފާޢީ މި ނިޒާމު ގަންނަ ޤައުމުތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާތަން ފެނެއެވެ. މި ނިޒާމުގެ 5 ނިޒާމު ގަތުމަށް ޓަކައި އިންޑިޔާއިން ވަނީ 2018 ގައި ރަޝިޔާއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ނިޒާމުގެ އަގަކީ 5.4 ބިލިއަން ޑޮލަރެވެ.

ރަޝިޔާގައި ހުންނެވި އިންޑިޔާގެ ކުރީގެ ސަފީރު ބާލަ ފަރްމާ ވިދާޅުވާ ގޮތުގައި "ބޮޑެތި ބާރުތަކުގެ މެދުގައި ހިނގަމުންދާ އަރާރުންތަކުގެ އަގު އަހުރެމެން ދައްކާނެކަމަށް ބަލައިގެން ނުވާނެއެވެ." އޭނާ 14 މާރިޗް ގައި ބޭއްވުނު ނަދްވާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އެއީ އަހުރެމެން އުފެއްދި ހަނގުރާމައެއް ނޫނެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *