Support Us

ކުރު ވާހަކަ: ދެ ބޮކާއި ފެންވަޅު

އެއް ސަހަރެއްގައި އުޅުނު ވަރަށް ރަހުމަތްތެރި ދެ ބޮކެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު އެ ސޮރުމެން ދިރިއުޅެމުން އައި ތެތްފިނި ހިސާބަށް ވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. އެ ސަރަޙައްދުން ބޮޑު ބައެއް ހަނަފަސްވެ ފެންގަނޑުތައް ހިނދިއްޖެއެވެ. ކާނާ ހޯދުމާއި ބޯފެން ހޯދުމަށް ދަތިވާން ފެށިއެވެ. އުޅެމުން އައި ހާއުފާވެރިކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެން ނޫޅެވޭނެކަން ޔަގީންވާން ފަށައިފިއެވެ.

މޫސުމީ ޝިކާރައަކަށްވެ ނެތި ފަނާވެދިއުމުގެ ކުރިން އެހެން ގޮތެއް ހޯދަން ދެ ބޮއް މަޝްވަރާ ކުރިއެވެ. އެ މަޝްވަރާތަކަށްފަހު ރަނގަޅު މަންޒިލެއް ފެނޭތޯ ދެ އެކުވެރިން ހިނގައިގަތެވެ.

ތަންކޮޅަކަށް ދެވުނުތަނާ ބޮޑު ފެންވަޅެއް ފެނުނެވެ. ދެ ބޮއް އެއްކޮށް ފުންމައިގެން ގޮސް ފެންވަޅުގެ ތުންމަތްމައްޗަށް އެރިއެވެ. އަދި ވަޅަށް ބޯދީ ބަލާލުމަށްފަހުގައި އެއް ބޮއް ބުންޏެވެ. "ވަރަށް ބޮޑު ފެންގަނޑެއް އެބަ އޮތެވެ. އަވަހަށް ފުންމާލަމާ ހިނގާށެވެ."

އިރުކޮޅަކު ވިސްނާލަން އިނދެފައި އަނެއް ބޮއް ބުންޏެވެ. "މި ހަނަފަސް ކަމުގައި މި ވަޅުގައި މިހާރު މިހިރަ ފެންފޮދު ވެސް ނުހިނދޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އަހަރެމެން ވަޅަށް ފުންމާލައި މިއަދު ފެންބޮއި މަޖާކުރެވިދާނެއެވެ. ނަމަވެސް މާދަމާ އެ ފެންފޮދު ހިނދިއްޖެއްޔާ ދެން އަހަރެމެން މި ވަޅުން އަރާނީ ކިހިނެއް ހެއްޔެވެ؟ ކަމެއް ކުރަން އުޅޭއިރު ފަހަށް ވެސް ވިސްނާލަންވާނެއެވެ." (ނިމުނީ)

ނޯޓު: މިފަދަ ވާހަކަތަކަކީ ވަރަށް ގިނަ ބަސްބަހުން ވަރަށް ގިނަ މުޖުތަމަޢުތަކުގައި ކުދިކުދި ތަފާތުތަކާއެކު ކިޔެމުން އަންނަ މަޝްހޫރު ވާހަކަތަކެވެ. މިއީ ވެސް ކާކުގެ، ކޮން ދުވަސްވަރެއްގެ ފިކުރެއްކަން ނޭނގޭ ވާހަކައެވެ. މި ވާހަކަ އަޅުގަނޑު މި ލިޔުނީ އަޅުގަނޑު ކީ ތަފާތު ރަޔުއުތަކަށް ބިނާކޮށް އަމިއްލަ އިބާރާތުންނެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *