Support Us

މިއީ ވެސް އުމުރު ދިގުވުމުގެ ސަބަބެއް ބާވައެވެ!؟

ހަފްލާއެއްގައި ސަޔާއި ކޮފީ އަދި ހެދިކާއާއި މޭވާ ވެސް ހާޒިރީންގެ ޝަރަފުގައި އެމީހުންގެ ކުރިމަތީ އަތުރާލެވިފައި ހުއްޓެވެ.

ހަފުލާގައި ބައިވެރިވެ އިން އެކަކު ސައިބޮއި، މޭޒުމަތިން ކަދުރު ނަގައި އޭނާގެ ހިތް ފުރެން ދެން ކަމުން ދިޔައެވެ.

މިތަން ފެނިފައި އޭނާ ކައިރީގައި އިން މީހަކު އޭނާ ގާތު ސަމާސާކޮށްލުމުގެ ގޮތުން، ސިއްރުސިއްރުން، ބުންޏެވެ. ސަޔާއި ކަދުރު އިނބައަށް ވަރަށް މީރު ދެއްތޯއެވެ؟ އަދި މިހާރު ތި ހުންނެވީ އެ ދޭއްޗަށް މުޅިން ދެވިވެސް ހިފާފައި ދެއްތޯއެވެ؟

ދެން ޖަވާބުގައި އޭނާ ބުންޏެވެ. ދަންނަވަންތޯއެވެ؟ އަޅުގަނޑުގެ ބައްޕަ ދުނިޔޭގައި ވަރަށް ވެސް ދިގު ހަޔާތެއް ވޭތުކުރިއެވެ. ބައްޕައަށް ހެޔޮ ރަހުމަތް ލައްވާށިއެވެ! ބައްޕަ ނިޔާވީއިރު ބައްޕަގެ އުމުރުން ސަތޭކަ ފަސް އަހަރު ވެއްޖެއެވެ.

ދެން ކައިރީގައި އިން މީހާ ބުންޏެވެ. ގިނައިން ސައިފޮދު ހިއްޕަވައި ކަދުރު ފަރިއްކުޅުވުމުގެ ފައިދާ ދެއްތޯއެވެ؟

ދެން އަޅުގަނޑުމެންގެ ކަދުރޭ، ވެސް ލާނެއް ގޮތަކަށް ހީނލާފައި ބުންޏެވެ. ނޫން ނޫނެކެވެ! ނަމަވެސް، އަޅުގަނޑުގެ ބައްޕައަކީ، އެއްގޮތަކަށް ވެސް، މީސްމީހުންގެ އަމިއްލަ ޒާތީ ކަންކަމާ ބެހިލައްވައި އުޅުއްވި ބޭކަލެއް ނޫނެވެ!