Support Us

ކުރު ވާހަކަ: ސިޔާސީ ވެރިންގެ އަގު ބޮޑުވުން

މިނިކާ މީހަކު ޖަންގަލީގެ ތެރެއިން ހިނގަމުން ދިޔައެވެ. އިސްނަގާ ބަލާލި ތަނާހެން ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ މިނިކާ މީހުންނަށް ޚާއްސަ ހޮޓަލެކެވެ.

ކުޑަކޮށް ބަނޑުހައިވެފައި ހުރުމާ ވެސް އެކު، މިނިކާ މީހާ ނިންމީ ހޮޓަލަށް ވަދެ ކޮންމެ ވެސް އެއްޗެއް ކާލާށެވެ.

މޭޒު ދޮށުގައި އިށީނދެފައި މެނޫ ގެންނަން ވެއިޓަރު ކުރެން އެދުނެވެ. މެނޫ ގެނައުމުން މިނިކާ މީހާ މެނޫ ކިޔާލިއެވެ.

  1. ފިހެފައި އޮތް ފަތުރުވެެރިއެއް ————— 150 ރުފިޔާ
  2. ފެނުކެއްކި މަސައްކަތު މީހެއް ————– 200 ރުފިޔާ
  3. ތެލުލި ސައިންޓިސްޓެއް —————– 250 ރުފިޔާ
  4. ބޭކުކޮށްފައި އޮތް ސިޔާސީ ވެރިޔެއް ——– 3000 ރުފިޔާ

މިނިކާ މީހާ ވެއިޓަރަށް ގޮވާލައިފައި ބުންޏެވެ. ސިޔާސީ ވެރިންގެ އަގު އެހާ ބޮޑީ ކީއްވެ ހެއްޔެވެ؟

ދެން ވެއިޓަރު އޮޅުން ފިލުވައިދިނެވެ. "ދުވަހެއްގައި ވެސް ސިޔާސީ ވެރިޔަކު ސާފުކުރެވޭތޯ ކަލޭ އުޅުނިން ހެއްޔެވެ؟ އެއީ ވަރަށް ވެސް މުޑުދާރު ނަޖިސް ބައެކެވެ. އެމީހުން ސާފުކޮށް ނަޖިސް ފިލުވަން ހަފްތާއެއް ނަގާ ވާހަކަ ބޮޑު ކައްކާ ބުނެއެވެ!