(އައްޑޫ ބަހުރުވައިން)
އެކަލަސް އަދި މިކަލަސް ޢީދި ހެދުން ލާހިއްވެއި
ދެކުލައިން ބޯވަޅަ އެޑި ކަސަބު ލިބާސް ލާހިއްވެއި
ހެންނައި ފިށިޖަހަގެން އެކި ގޭގެއް އޭހިއްވެއި
ފެންކުޅި ލާތާން ގޮސް އަތިނިވެ މަދިވާ ހިއްވެއި
ބައްތިން އަތަރަ ލިބެނެ ވަސް އަހަމުން އޭހިއްވެއި
އަތިނިވެ އީދި ބޮލަށް ގޮންޖަހަމުން އޭހިއްވެއި
ކުކުޅުން ރެހަކައްކައި ބޮނޑޮ ޖާފައް ދޭހިއްވެއި
އުކުޅައް ގައިހިށިހެއި ދައްކާ ށަސް ބޭނުންވެއި
ދިވަފެއި ގައިޖައްސާށް ބޯޅަ ޖަހާށް އޭހިއްވެއި
ދިވަމުން މަންޑި ޖަހާކޯ މަބަލާށް އޭހިއްވެއި
އީދަށް ކޮޅިހެއި ކުޅިވަރަ ނިންމާށް ފޯރިނަގައި
އީދަށް ހަދިޔާ ދެރެ ނިންމާ ށަސް އޭހިއްވެއި
