ދުށިން މާތައް ފަރިވެ ފޮޅެމުން ފަޒާގައި ހުވަނދު ލެވުނީތީ
ދުށިން ބުލްބުލް ތަކާ މުނިޔާ ވަށައިގެން އުދުހި އުޅުނީތީ
ދުށިން ޝަބްނަމް މަލުގެ ފިޔަތައް މަތީގައި ބަބުޅަމުންދާތީ
ދުށިން ނޫރަންމަލާ ޗަމްޕާ އެކީގައި ފަރިވެ ފޮޅުނީތީ
ދުށިން ނަލަ ގުލްހަޒާރާ އެކު ކަރަންކާ ފަރިވަމުންދާތީ
ދުށިން ވަސްމީރު އިރުދޭމާ ވަށައިގެން ފަރިވެ ފޮޅުނީތީ
ދުށިން ނަރުގިސްމަލާއެކު ހުސްނުހީނާ ފަރިވެފައި ވާތީ
ދުށިން މާތަކުގެ ރާނީ ތަޚުތުގައި ރިހި އައިސް އިށީނީތީ
ދުށިން ގުމްރީތަކާ މުނިޔާ އަދަބުގައި ތިރިވެ އުޅުނީތީ
ދުށިން މިސްކާ އަބީރުން ޖައްވު އެކުގައި ހުވަނދުލެވުނީތީ
ދުށިން ފިނިފެން. މަލުގެ ފިޔަތައް ވަޔާއެކު ހުޅުވެމުންދާތީ
ދުށިން ޖަޒުބާތުގައި މުނިޔާ އުފަލުގައި އުދުހި އުޅުނީތީ
ދުށިން މާތަގއް ޗަމަންގައި ފަރިވެފޮޅި ހިނިތުން ވަމުންދާތީ
ދުށިން ހަނދުވަރުގެ ރިހިދޯދިން އުޑާބިން އަލިވެފައިވާތީ
ދުށިން މާތައް މިލައި ހިކިގެން ގަހުންވެރި ހުސްވަމުންދާތީ
ދުށިން ތަޤުދީރުގައި ވާގޮތް މިތާ ތަންފީޛު ވެވުނީތީ
