Support Us

ސައުދީ ރަސްގެފާނު ސަލްމާނާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް

ސުޢޫދީން އެންމެ އިސްކަންދޭ މަސްއަލައަކީ ފަލަސްޠީނު މަސްއަލަ

ފަލަސްޠީނުގެ މަސްއަލައަކީ އިއްޔެ ވެސް އަދި މިއަދު ވެސް ސަޢޫދީ ޢަރަބިއްޔާއިން އެންމެ އިސްކަންދިން އަދި އިސްކަންދޭނެ މަސްއަލަކަމަށް ސުޢޫދީ ޢަރަބިއްޔާއިން ކަށަވަރުކޮށްދީފިއެވެ. ސުޢޫދީ ޢަރަބިއްޔާއިން ބުނިގޮތުގައި ފަލަސްޠީނު ރައްޔިތުންނަށް އެމީހުންގެ ޤާނޫނީ ހުރިހާ ޙައްޤުތަކެއް ލިބިއްޖައުމަށް ދާންދެން ސުޢޫދީ ޢަރަބިއްޔާއިން  ފަލަސްޠީނުގެ ރައްޔިތުންނަށް ހުރިހާ ވަސީލަތްތަކަކުންނާއި މަގުތަކަކުން އެހީވުން ހުއްޓައެއް ނުލާނެއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް 1967ގެ ސަރަޙައްދީ އިމުގެތެރޭގައި އެމީހުންގެ މިނިވަން ދައުލަތް ފުރިހަމަ ސިޔާދަތާއެކު  ޤާއިމުކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި މި ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމަށް ސުޢޫދީ ޢަރަބިއްޔާއިން ބުންޏެވެ.

މި ކަން ސުޢޫދީ ޢަރަބިއްޔާއިން ހާމަކުރީ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމުގައި އެ ޤައުމުގެ މަންދޫބު ޢަބްދުލްޢަޒީޒުލް ވާޞިލް ޖެނީވާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޚާއްޞަ ބައްދަލުވުން ބޭއްވުނީ އިސްރާއީލުން ޣައްޒާއަށް ދިން 11 ދުވަހުގެ ޢުދްވާނުގެތެރޭގައި އަރައިގެންފައިވާ އިންސާނީ ޙައްޤުތަކާބެހޭ ޖަރީމާތައް ތަޙްޤީޤު ކުރުމަށްއިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިންނާއި ފަލަސްޠީނުން މި މަޖިލީހަށް ހުށައެޅުމުންނެވެ. މި މަޖިލީހުން ރޭ ވަނީ މި ޖަރީމާތައް ތަޙްޤީޤު ކުރުމަށް ގޮވާލައި ޤަރާރެއް ފާސްކޮށްފައެވެ. އިސްރާއީލުގެ މި ޢުދްވާނުގައި ޢާއްމުންގެ އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅިންނާއި ޒުވާނުން ހިމެނެއެވެ. މި ޢުދްވާނުގައި ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ޒަޚަމުވެފައިވާކަން ވެސް ފާހަގަ ކުރެވެއެވެ. އިސްރާއީލުން މި ޤަރާރު ޤަބޫލުނުކުރާނެކަމަށް ވަނީ އިޢުލާން ކޮށްފައެވެ. އަދި އެމެރިކާއިން ވަނީ މި ޤަރާރާ ދެކޮޅު ހަދައިފައެވެ.

ސުޢޫދީ މަންދޫބު ވިދާޅުވިގޮތުގައި "ފަލަސްޠީނުގެ ބިންތައް އިސްރާއީލުން އިސްތިޢުމާރު ކުރުމަށް ގެންގުޅޭ ސިޔާސަތަށް ޢަމަލު ކުރަމުންދާ ދިޔުން ކުރިއަށް ގެންދާލެއް ހަލުވިކަމާމެދު ރިޔާޟް ކަންބޮޑުވެއެވެ." އޭނާ ވިދާޅުވިއެވެ. "ޙައްދުފަހަނަޅާފައިވާ މުސްތަޢުމިރީ ޖަމާޢަތްތަކުން ގަދަބާރުން ފަލަސްޠީނުގެ ޢާއިލާތައް އިރުމަތީ ޤުދުސުގެ ބައެއް އަވަށްތަކުން ބޭރަށް ނެރެލުމަށް ކުރާ މަސައްކަތްތަކުގައި އިސްރާއީލު ސަރުކާރާއި އިސްރާއީލުގެ ނަސްލީ އިމްތިޔާޒުގެ ކޯޓުތައް ބައިވެރިވާ ބައިވެރިވުމަކީ އެކަމާމެދު ކަންބޮޑުވާ ކަމެކެވެ."

އދގެ ޗާޓަރަށާއި ޖެނީވާގެ ހަތަރު ވަނަ މުޢާހަދާއަށާއި، އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލް އަޤްވާމީ ޤާނޫނަށާއި، މިފަދަ ނިންމުންތަކާ ގުޅުން ހުރި އދގެ ޤަރާރުތަކަށް އިސްރާއީލަށް އިޙްތިރާމު ކުރުން މަޖްބޫރު ކުރުވުމަށް އޭނާ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވައިލެއްވިއެވެ. ސަލާމަތީ މަޖިލީހުން 2016ވަނަ އަހަރު ފާސްކޮށްފައިވާ 2334 ވަނަ ޤަރާރު އޭނާ ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ. އޭނާ އަޑަށް ބާރުލައްވާ ވިދާޅުވިއެވެ. "އިސްރާއީލުން ދާއިމީ ސިފައެއްގައި މުސްތަޢުމަރާތުތައް ބިނާކުރަމުން ދިޔުމާއި، ފަލަސްޠީނު މީހުންގެ މިލްކިއްޔާތުތައް ހަލާކުކޮށް ޚަރާބު ކުރުމާއި، އެމީހުންގެ ބިމުންނާއި ގޮވެތިގެދޮރުން ގަދަ ބާރުން ބޭރަށްލުމާއި، ފަލަސްޠނު މީހުންނާމެދު މުޢާމަލާތު ކުރުމުގައި ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ ސިޔާސަތަކީ ސުޢޫދީ ޢަރަބިއްޔާއިން ވަރަށް ވަރުގަދައަށް ކުށްވެރި ކުރާ ކަންތައްތަކެކެވެ. އަދި އެއީ ސުޢޫދީ ޢަރަބިއްޔާއިން ބަލައިގަންނާނެ ކަންތައްތަކެއް ވެސް ނޫނެވެ."

އޭނާ ވިދާޅުވިއެވެ. "ވޭތުވެދިޔަ ދުވަސްތަކުގައި ދުނިޔެ ދެކެފައި މި ވަނީ ވަރަށް ހިތާމަވެރި ވަރަށް ވޭންދެނިވި ވަރަށް ލާއިންސާނީ ޢަމަލުތަކެކެވެ. އޭގެތެރޭގައި ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީންގެ ޙަޔާތަށް އިހާނެތިކޮށް ހިތުމާއި ޢާއްމު ޙަޔަވީ ބިނާރުތަކާއި މުއައްސަސާތަކަށް ޙަމަލާދިނުން ވެއެވެ. މިއީ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުން އެ ކަމުގެތެރެއަށް ވަނުން ވާޖިބު ކުރުވާ ކަންތައްތަކެކެވެ. އެއީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނާއި ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ޙުރްމަތް ކެނޑުމެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *