Support Us

ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ވީޑިއޯ އާއި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ފޮޓޯ އާންމުކޮށްފި

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެރޭ ބޮން ގޮއްވާލި ވީޑިއޯ އާއި އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ދެ މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރުގެ ދަށުން މިއަދު ހައްޔަރުކުރި ދެ މީހުންނަކީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ކަމަށެވެ. ފުލުހުންގެ ބޮޑު ޓީމަކުން ގޮސް އެތަނުން އެކަކު ހައްޔަރުކުރީ ހުޅުމާލެއިންނެވެ. އަނެކަކު މާލެއިންނެވެ. އެ މީހުން ހައްޔަރުކޮށްގެން ގެންދިޔައީ މޫނު ނުފެންނަ ގޮތަށް ނިވާކޮށްގެންނެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އެންމެ ބޮޑު ދައުރެއް އަދާކުރި ކަމަށް ބެލެވޭ މީހާ އަދި ނުފެންނަ ކަމަށާއި އޭނާގެ ބައެއް ހަރަކާތްތަކުގެ ބައެއް ސީ.ސީ.ޓީވީ ފުޓޭޖު ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑޫ ގާޑުންނާއެކު ރައީސް ނަޝީދު، ނީލޯފަރުމަގުގައި ހުންނަ، ގ. ކެނެރީގެއިން ނުކުމެވަޑައިގެން، އޭރު މަޖީދީމަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅާ އަރާހަމަވިތަނާ ބާރުގަދަ އެއްޗެއް ގޮވުމާއެކު ގަދަފަދަ އަލިފާންގަނޑެއް ފެތުރިގެންދެއެވެ. އެއާއެކު ރައީސް ނަޝީދު ވެއްޓެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް