ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެރޭ ބޮން ގޮއްވާލި ވީޑިއޯ އާއި އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ދެ މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރުގެ ދަށުން މިއަދު ހައްޔަރުކުރި ދެ މީހުންނަކީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ކަމަށެވެ. ފުލުހުންގެ ބޮޑު ޓީމަކުން ގޮސް އެތަނުން އެކަކު ހައްޔަރުކުރީ ހުޅުމާލެއިންނެވެ. އަނެކަކު މާލެއިންނެވެ. އެ މީހުން ހައްޔަރުކޮށްގެން ގެންދިޔައީ މޫނު ނުފެންނަ ގޮތަށް ނިވާކޮށްގެންނެވެ.
ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، މެއި 06 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މައުލޫމާތު އެއްކުރުމަށް ހާއްސަކޮށްފައިވާ ނަންބަރު 9704000 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.#May06TerrorAttack
2/2 pic.twitter.com/GR0ORichBH— Maldives Police (@PoliceMv) May 8, 2021
ފުލުހުން ބުނީ އެ މައްސަލައިގައި އެންމެ ބޮޑު ދައުރެއް އަދާކުރި ކަމަށް ބެލެވޭ މީހާ އަދި ނުފެންނަ ކަމަށާއި އޭނާގެ ބައެއް ހަރަކާތްތަކުގެ ބައެއް ސީ.ސީ.ޓީވީ ފުޓޭޖު ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.
Attack on President Nasheed on 6 May 2021 pic.twitter.com/9IAoTirXXy
— fisaarithedhu (@fisaarithedhu) May 8, 2021
ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑޫ ގާޑުންނާއެކު ރައީސް ނަޝީދު، ނީލޯފަރުމަގުގައި ހުންނަ، ގ. ކެނެރީގެއިން ނުކުމެވަޑައިގެން، އޭރު މަޖީދީމަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅާ އަރާހަމަވިތަނާ ބާރުގަދަ އެއްޗެއް ގޮވުމާއެކު ގަދަފަދަ އަލިފާންގަނޑެއް ފެތުރިގެންދެއެވެ. އެއާއެކު ރައީސް ނަޝީދު ވެއްޓެއެވެ.



advertisment