އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނެގި ދެމީހަކު ހޯދަން އެ މީހުންގެ ފޮޓޯއާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މި އަހަރުގެ މާރިޗު 26 ވަނަ ދުވަހުގެ ވަގުތެއްގައި އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި އިޝާ ނަމާދު ވަގުތުގައި އެ ދެ މީހުން މިސްކިތްތެރެއަށް ވަދެ، ދެ ފަރާތް ބަލައިފައި، ހަރުގައި ހުރި ބޫޓު ހިފައިގެން ނައްޓާލައެވެ.
"ވީމާ މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 482691 އެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment