ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ލޯބީގެ ތިން މަރުހަލާއެއް އޮވެއެވެ. ކައިވެނީގެ ކުރީގައި އޮންނަ ލޯބީގެ މަރުހަލާއަކާއި ކައިވެނީގެ ފުރަތަމަ އަހަރު އޮންނަ ލޯބީގެ މަރުހަލާ އާއި ކައިވެނީގެ ދެން އޮތް އަހަރުތަކުގައި އޮންނަ ލޯބީގެ މަރުހަލާއެވެ.
އަދި، އެ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ކައިވެނީގެ ކުރީގައި އޮންނަ ލޯބީގެ މަރުހަލާގައި ވާހަކަދައްކަނީ ފިރިހެން މީހާއެވެ. އަންހެން މީހާ އިންނަނީ އަޑުއާށެވެ. ކައިވެނީގެ ފުރަތަމަ އަހަރު އޮންނަ ލޯބީގެ މަރުހަލާގައި ވާހަކަ ދައްކަނީ އަންހެނުންނެވެ. ފިރިމީހާ އިންނަނީ އަޑުއަހާށެވެ. ކައިވެނީގެ ދެން އޮތް އަހަރުތަކުގައި އޮންނަ ލޯބީގެ މަރުހަލާގައި ދެމަފިރިން ވެސް ވާހަކަ ދައްކައެވެ. އަޑުއަހަން ތިބޭނީ އަވަށްޓެރިންނެވެ!
