Support Us

ކިންގް ސަލްމާން މިސްކިތުގެ ދެކުނު ފަރާތުގައި އޮންނަ ޕާކިން ޒޯނު ދިޔަ ބޮޑުވެފައި -އަދިވެސް ފޮޓޯ

މާލޭ އިރުމަތީ ފަރާތަށް އުދަ އަރައި، ބޮޑުތަކުރުފާނު މަގު ދިޔަބޮޑުވަނީ

1.45: މާލޭ އިރުމަތީ ފަރާތަށް އުދަ އަރައި، ބޮޑުތަކުރުފާނު މަގު ދިޔަބޮޑުވަމުން އެބަދެއެވެ.

ކިންގް ސަލްމާން މިސްކިތުގެ ދެކުނު ފަރާތު ކަނޑުތޮއްޓަށް ބިންދަމުންދާ ބިޔަ ރާޅުތައް އެއްގަމަށް އަރައި، މުޅި ސަރަހައްދު ވަނީ ދިޔަބޮޑުވެފައެވެ. އެ ސަރަހައްދުގައި އޮންނަ ޕާކިން ޒޯނު ދިޔަ ބޮޑުވެގެން، ލޮނުގަނޑު ވަނީ ބޮޑުތަކުރުފާނު މަގަށް ފައިބައިފައެވެ. އަދި ބޮޑުތަކުރުފާނު މަގަށް ފޭބި ލޮނުގަނޑު، ކިންގް ސަލްމާން މިސްކިތުން ފެށިގެން، މަޖީދީމަގު ހުރަސްކޮށް، ޗައިނާ އެމްބަސީ ސަރަހައްދަށް ވެސް ވަނީ ފެތުރިފައެވެ.


މުލަރޯދަ ވިލޭރެއެއް ކަމަކު ގިނަ ބަޔަކު މި ވަގުތު ވެސް އެ ހިސާބުގައި ކުޅިބަލަން އެބަތިއްބެވެ. މަގުމަތީގައި ލޮނުގަނޑު ފެތުރުމުގެ ސަބަބުން، ސައިކަލްތަކާއި ކާރުތައް ދަތުރުކުރަންޖެހެނީ ލޮނުގަނޑުތެރެއިންނެވެ.

ބޮޑުތަކުރުފާނު މަގަށް ފޭބި ލޮނުގަނޑު، ކިންގް ސަލްމާން މިސްކިތް ސަރަހައްދުގައި -އަދިވެސް ފޮޓޯ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް