1.45: މާލޭ އިރުމަތީ ފަރާތަށް އުދަ އަރައި، ބޮޑުތަކުރުފާނު މަގު ދިޔަބޮޑުވަމުން އެބަދެއެވެ.
Male irumathee faraathah udha arai boduthakurufaanu magu dhiya boduvaanee. pic.twitter.com/8xq0iyHA88
— Intey2020 (@intey2020) April 12, 2021
ކިންގް ސަލްމާން މިސްކިތުގެ ދެކުނު ފަރާތު ކަނޑުތޮއްޓަށް ބިންދަމުންދާ ބިޔަ ރާޅުތައް އެއްގަމަށް އަރައި، މުޅި ސަރަހައްދު ވަނީ ދިޔަބޮޑުވެފައެވެ. އެ ސަރަހައްދުގައި އޮންނަ ޕާކިން ޒޯނު ދިޔަ ބޮޑުވެގެން، ލޮނުގަނޑު ވަނީ ބޮޑުތަކުރުފާނު މަގަށް ފައިބައިފައެވެ. އަދި ބޮޑުތަކުރުފާނު މަގަށް ފޭބި ލޮނުގަނޑު، ކިންގް ސަލްމާން މިސްކިތުން ފެށިގެން، މަޖީދީމަގު ހުރަސްކޮށް، ޗައިނާ އެމްބަސީ ސަރަހައްދަށް ވެސް ވަނީ ފެތުރިފައެވެ.
Male irumathee faraathah udha aranee pic.twitter.com/ojCrnT84AW
— Intey2020 (@intey2020) April 12, 2021
މުލަރޯދަ ވިލޭރެއެއް ކަމަކު ގިނަ ބަޔަކު މި ވަގުތު ވެސް އެ ހިސާބުގައި ކުޅިބަލަން އެބަތިއްބެވެ. މަގުމަތީގައި ލޮނުގަނޑު ފެތުރުމުގެ ސަބަބުން، ސައިކަލްތަކާއި ކާރުތައް ދަތުރުކުރަންޖެހެނީ ލޮނުގަނޑުތެރެއިންނެވެ.




advertisment