ގދ. ކާޑެއްދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 51 ފުޅި ބަނގުރަލާއި ފަސް ދަޅު ބިޔަރު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފިއެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަންގައި އިއްޔެ ނައްތާލައިފައި ވަނީ މި އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން މާރިޗު 29 ވަނަ ދުވަހުގެ ނިޔަލަށް ކާޑެއްދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ކަމަށް ފުލުހުން ބުނެއެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.



advertisment