ދުނިޔެއުޅުމީ އަޖަލު ހަމަވަންދެން މި ގޮވަތީ، ބޮޑު ކަމެއް ނޫން!
ދުނިޔެ އެހެނަސް ދޮގު މަތީ "އާބާދު"ކުރުމީ ކުޑަ ކަމެއް ނޫން!
ދެއްވި ނިޢުމަތުގައި އުޅުން މިނިވަންކަމާ އެކު، ބޮޑު ކަމެއް ނޫން!
ލެއްވި މިނިވަން ވެށި އަތުން ބީކޮށް ފެއަށް ލުން، ކުޑަ ކަމެއް ނޫން!
އެކުވެރީން ރަޙްމަތްތެރީން ހޯދުން އެއީކީ ބޮޑު ކަމެއް ނޫން!
އެކުވެރީންނަށް، އަޑި ނުބައި މީހުން ހިފާ ކަން ކުޑަ ކަމެއް ނޫން!
ދޫހެލެންޏާ ކޮންމެ އެއްޗެއް ވެސް ބުނަންވީ! ބޮޑު ކަމެއް ނޫން!
ދޫހެލުނަކަސް ޣީބަބުނެ މުޅަކޮށް ކެއުން މަސް ކުޑަ ކަމެއް ނޫން!
ޢިއްޒަތާ އަބުރާއި ހޯދުން، ވެސް ނަގައިލުން، ބޮޑު ކަމެއް ނޫން!
ޢިއްޒަތާއި ކަރާމަތަށް އަނެކުންގެ ނުބެލުން ކުޑަ ކަމެއް ނޫން!
ހަރުލަނީވިއްޔާ ގަލަން އަތުގައި، ލިއުން އޭ ބޮޑު ކަމެއް ނޫން!
ހަރުލިއަސް އަތުގައި ގަލަން، ތުނޑު ނީލަމަށް ލުން ކުޑަ ކަމެއް ނޫން!
ހޯދުމީ މުދަލާއި ފައިސާ، ކޮށް މަސައްކަތް، ބޮޑު ކަމެއް ނޫން!
ހޯދުމަށް އެހެނަސް މަގެއް ރިޝްވަތުގެ ހިފުމީ، ކުޑަ ކަމެއް ނޫން!
ގަންދެމުން ﷲ ހުވައެއް ކޮށްލުމީ އަދު ބޮޑު ކަމެއް ނޫން!
ގަންދެމުން ދޮގު ހައި ހުވާ، އެހެނަސް، ކުރުން އޭ ކުޑަ ކަމެއް ނޫން!
ޝާހިދަށް އެއްޗެއް ނުބުނެ ހަނުހުރުމަކީ ވެސް ބޮޑު ކަމެއް ނޫން!
ޝާހިދުން އެހެނަސް ހިމޭނުން ތިބުމަކީ ވެސް ކުޑަ ކަމެއް ނޫން!
