Support Us

މެލޭޝިއާގައި ކުއްލި ޙާލަތު އިއުލާނުކުރުމުން މަހާތީރުގެ ފާޑުވިދާޅުވުން

މެލޭޝިއާގެ ރަސްގެފާނު ސުލްޠާން ޢަބްދުﷲ، އެ ޤައުމުގެ ބޮޑުވަޒީރުގެ އެދިވަޑައިގަތުމަށް މުޅި ޤައުމުގައި ކުއްލި ޙާލަތު އިޢުލާންކުރައްވައިފައިވާތީ، އެކަމާ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދު ފާޑުވިދާޅުވެއްޖެއެވެ.

މަހާތީރު ދެކެވަޑައިގަންނަވާ ގޮތުގައި ކުއްލި ޙާލަތު އިޢުލާން ނުކުރައްވައި ވެސް ކޮވިޑް19 ހުއްޓުވުމުގެ ހުރިހައި ބާރެއް ސަރުކާރަށް ލިބިފައިވެއެވެ.

ކުރީގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ޙަރަކާތްތައް ހުއްޓުވާން ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކަށް ކިޔަމަންވުމާއި ނުވުމަކީ ރައްޔިތުންނަށް އޮތް ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މި ކުއްލި ޙާލަތުގެ ސަބަބުން ރައްޔިތުންގެ ޙަރަކާތްތައް ހުއްޓުވައި އެ މީހުން ބަނދެވޭ ބަދެވުން ޕާޓީތަކަށް ވެސް ނޭނގެއެވެ.

މަހާތީރު ވިދާޅުވީ މެލޭޝިއާގައި އޮތް ޙާލަތު ވިލާތުގެ ޤައުމުތަކާއި އެމެރިކާގައި އޮތް ޙާލަތާ ތަފާތު ކަމަށެވެ. އެ ޤައުމުތަކުގައި އެފަދަ ހަރުކަށި ފިޔަވަޅުތަކަށާއި އިރުޝާދުތަކަށް ރައްޔިތުންވަނީ ދެކޮޅު ހަދައިފައި ކަމަށް ވެސް މަހާތީރު ވިދާޅުވިއެވެ.

"މެލޭޝިއާގައި މި ވާގޮތަކީ ހުރިހާ އެންމެން ފުރަބަންދޭ ބުނީމާ އެ ބަންދުވީއެވެ. އެއްވެސް ހަރަކާތެއް ނުކުރާށޭ ބުނީމާ ހުއްޓި ތިބެނީއެވެ. ގޭބަންދޭ ބުނީމާ ގޭ ބަނދުގައި ތިބެނީއެވެ. މި ކަމާ ދެކޮޅަށް ދެތިން މީހަކު ނުކުމެއްޖެ ނަމަ އެ ބަޔަކު ސަރުކާރުން ހުއްޓުވައެވެ. މެލޭޝިއާއާއި ޔޫރަޕާ ހުރި ތަފާތަކީ މިއީއެވެ."

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މި ކަމަށް ކިޔަމަންވުމާއި ނުވުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.

ވޭތުވެ ދިޔަ ބައިޤަރުނުގެ ތެރޭގައި މެލޭޝިއާގައި ފުރަތަމަ ފަހަރަށް ކުއްލި ޙާލަތު އިޢުލާންކުރީ ޖަނަވަރީ 12 ވަނަ ދުވަހުއެވެ. މެލޭޝިއާގެ ރަސްގެފާނުގެ ގަނޑުވަރުން (މެލޭބަހުން: އިސްތާނާ ނެގާރާ) ނެރުނު ޤަރާރުގައި ވާ ގޮތުން އެ ޤައުމުގައި ކުއްލި ޙާލަތު އިޢުލާނުކުރީ އެ ޤައުމުގައި ކޮވިޑް-19ގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީއެވެ. ކުއްލި މި ޙާލަތު، ކޮވިޑްގެ ޙާލަތު ރަނގަޅު ވަންދެން ނުވަތަ މި އަހަރު އޮގަސްޓް ފުރަތަމަ ދުވަހާ ހަމައަށް ދެމިގެންދާނެއެވެ. މި ކުއްލި ޙާލަތުގެ ސަބަބުން ސަރުކާރަށް ބޮޑެތި ބާރުތަކެއް ލިބޭނެއެވެ. އަދި ބަރުލަމާނުގެ ސަބަބުން ފިއްތުންތައް ކުރިމަތިވެވަޑައިގެންފައިވާ ބޮޑުވަޒީރު މުހިއްޔިއްދީން ޔާސީނަށް ވަގުތީ ގޮތުން ހަމަޖެހިވަޑައިގަތުމެއް ލިބި ވަޑައިގަންނަވާނެއެވެ. އެހެނީ މި ކުއްލި ޙަލަތާ ގުޅިގެން ބަރުލަމާން ވެސް ވަނީ ބަނދުކުރެވިފައެވެ.

މެލޭޝިއާގައި މި އިޢުލާންކުރެވުނު ކުއްލި ޙާލަތާ ގުޅިގެން އެ ޤައުމުގެ ފައިސާގެ އަގުވެއްޓި އިޤުތިޞާދީ ތިޖާރީ ބޮޑެތި ގެއްލުންތަކަކާ މިހާރު ވެސް ވަނީ ކުރިމަތިލާންޖެހިފައެވެ. (ޙަވާލާ: ބްރީތާ ހަރިޔާން)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *