ހުކުރު ދުވަހުގެ ހެނދުނު އަށަކުން ފެށިގެން މުޅި މާލެއިން ކަރަންޓު ކެނޑިފައި ހަތަރު ގަޑިއިރަށްވުރެ ގިނައިރުވެ، އެކަމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ އުނދަގޫތައް ތަހައްމަލްކުރަން ޖެހި، މީސްމީޑިއާގައި ކެކިއަރަމުން އެބަދެއެވެ.
އެންމެ ގިނަ ބަޔަކު ހަޅޭއްލަވަމުން ދަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އިހަށް ދުވަހަކު، އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް 2020 އިން "އިމާޖިން ލީޑާ އޮފް ދި އިޔާ" ގެ އެވޯޑް ހޯއްދަވައިފައި އޮތީމާ އެކަމާ އެވެ.
— Shaf RZ ???? (@shafmv) October 23, 2020
މިއަދު ހެނދުނު 8 ޖެހިތަނާ ކެނޑުނު ކަރަންޓު ބައެއް ހިސާބުތަކަށް އަލުން އައީ 12.30 ވަނިކޮށެވެ. އޭރު ހެނދުނުގެ ނާސަތާ ނުކުރެވިފައި ތިބި މީހުންނާއި، ފާޚާނާ ބޭނުން ނުކުރެވުމުން ހުކުރަށް ނުދެވިފައި ތިބި މީހުންނާއި، އެކި ތަންތަނުގެ ޑިއުޓީއަށް ދާންޖެހިފައި ތިބި އެތައް ބަޔަކު ގޭތެރޭގައި ތިބީ ތާށިވެފައެވެ.
Gadiehge irufahun e ee kongadiehbaa hamayageenun 8:20 GA current dhiya gothah migeah current eh naadhey mihaaru 12:00 fas vana floor in matheega ulhey meehun nukehki faakhaanaa nukurevi mee ves khidhumath she goth sahha mauloomaathu dhehvun edhen
— Ibrahim Waheed (@wahyd1) October 23, 2020
މާލެއިން ކަރަންޓު ކަނޑައިގެން ދިއުމާއެކު ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ. އެހެންކަމުން ރޭޑިއޯ ޓީވީގެ ސިގްނަލް އެއްވެސް ރަށަކަށް ވެސް ނުލިބެއެވެ.
#PSA????
ކަރަންޓުގެ ޚިދުމަތަށް ބުރޫއެރުމާ ގުޅިގެން މިވަގުތު ޕަބްލިކް ސާރވިސް މީޑިއާގެ ޓީވީ އާއި ރޭޑިއޯ ޗެނަލްތަކުގެ ޓްރާންސްމިޝަން މެދުކެނޑިފައިވާ ވާހަކަ އެންމެހައި ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ޙިއްޞާކުރަމެވެ.
1/2— Public Service Media (@psm_mkt) October 23, 2020
"މުވާސަލާތް ކުރެވޭނެ ހަމައެކަނި އެއްޗަކަށް އޮތީ ފޯން. ކަރަންޓު ނެތުމުން ވައިފައި ކޮޅެއް ވެސް ނުލިބުނު،" އެކަކު އޭނާގެ ޓްވީޓެއްގައި ބުނެފައިވެއެވެ.
"ފޯނު ޗާޖަށް ނުޖެހި ރޭގަ ނިދުނީ. ހެނދުނު ހޭލެވުނީ މާ ގަދަޔަށް ހޫނުވެގެން. އޭރު ގޭގައި ކަރަންޓެއް ވެސް، ފޯނުގައި ޗާޖެއް ވެސް ނެތް. ހަތަރު ގަޑިއިރު ބޭކާރު،" އެހެން މީހަކު ބުނެފައި ވެއެވެ.
We all know it’s dhimaavi massala akaa gulhigen.
Can you actually say like a cable got burned or a transformer caught fire or 1 generator misbehaving or something like that?
We aren’t going to take you to court if you give us some specifics.#Professionalism
— Abdul: (nobody shall be hungry or homeless) ???? (@DhivehiOne) October 23, 2020
ސްޓެލްކޯ އިން ބުނަމުންދިޔައީ އެ މީހުން އާންމުކޮށް ބުނާ ވާހަކައެވެ. ޓެކްނިކަލް ކަމެއް ދިމާވެގެން ކަރަންޓު ކެނޑުނު ވާހަކަ އެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ވަނީ ކަރަންޓު ކެނޑިފައި. އެ މައްސަލަ ހައްލުކޮަށް ބައެއް ސަރަހައްދުތަކަށް ކަރަންޓުދޭން މިހާރުވަނީ ފަށާފައި. ގަޑިއެއްހާއިރުތެރޭ ހުރިހާސަރަހައްދަކަށް ކަރަންޓުދެވިގެންދާނެ . ދިމާވާނެ ދަތިތަކަށް މާފަށް އެދެން.
— STELCO (@STELCOMALDIVES) October 23, 2020
Eh lakka Rufiyaa musaara dheefa bahattaa varuge meeheh tha @STELCOMALDIVES ga baindhaafa thi innee. Dhivehi Dhaulathuge verikan kuraa mulhi rashun current kadaigen dhiyaeemaa eyee ihumaalu vee kamah nubeleythee eyee dheravaru. @mvpeoplesmajlis
— Hassan Ibrahim (@MaavashuHassan) October 23, 2020



advertisment
2 Responses
ޖޭޕީ އާއި އެކު ކޯލިޝަން ހަދައިގެން އެމްޑީޕީ އަށް ތަމެންގެ ސަރުކާރު ކާމިޔާބު ނުވާނެއޭ އެއީ ވާނެ ކަމެއް ނޫނޭ މަމެން ތަޖްރިބާ އާއި އެކުއޭ މިވާހަކަ މިދައްކަނީ ތަމެން ވިސްނާށޭ ހެޔޮނުވާނެއޭ އެމެން ކަމަކީ ވެންޓިލޭޓަރުން ވައްކަން ދެން ހަކުރު ކިލޯ އިން ވައްކަން ދެން ވަޅޯ މަސް ކިބައިން ވައްކަން ދެން މިހާރު ކޮޅާލީމާ ފެންނާނީ ސްޓެލްކޯ ގައި އޮންނާނީ ކޭބަލުން ވައްކަން ކޮށްފައޭ ޖޭޕީ ބޭރުކުރޭ ސަރުކާރުގެ ކޯލިޝަން ތެރޭން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ
މުގުނީއަށް އިތުރު 32 ބައިނަލްއަގްވާމީ އިނާމު ދޭންވީ.